ރާއްޖޭގެ އެކި ހިސާބަށް މިއަދު ވެސް މޫސުން ގޯސްވާނެ ކަމަށް މޫސުމާއިބެހޭ ގައުމީ އިދާރާ އިން ހާމަކުރައްވައިފި އެވެ.

އެ އިދާރާ އިން މިކަން ހާމަކުރެވީ މިއަދުގެ އިރުއޮއްސުމާއި ހަމައަށް ނެރެފައިވާ މޫސުމީ ބްލެޓިންގ ގަ އެވެ.

Ad
rt

އޭގައިވާގޮތުން ހުޅަނގާއި ހުޅަނގުއުތުރުން، މެދުރާއްޖޭގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ވަނީ ލަފާކުރައްވާފަ އެވެ. އަދި އެހެން ހިސާބުތަކަށް ވައިޖެހޭނެ ކަމަށް ލަފާ ކުރައްވާފައިވަނީ ގަޑިއަކު އަށް މޭލާއި 18 މޭލާއި ދެމެދުގެ ބާރުމިނުގަ އެވެ.

މީގެ އިތރުރުން ވިލާގަނޑުގައި ގަޑިއަކު 40 މޭލުގެ ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާކަމަށް ލަފާކުރައްވާފައިވާއިރު، މެދުރާއްޖޭގެ ކަނޑުތައް ގަދަވާނެ ކަމަށް އެ އިދާރާ އިން ވިދާޅުވެ އެވެ.

މޫސުމާއިބެހޭ އިދާރާ އިން ވިދާޅުވީ އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވާއިރު، ވިލާގަނޑުގައި އިތުރަށް ގަދަވާނެކަމަށެވެ. އަދި މެދުރާއްޖެތެރޭގައި ރާޅުގެ އުސްމިން ހަތަރު ފޫޓާއި ހަތް ފޫޓާއި ދެމެދު، ހުންނާނެ ކަމަށް ލަފާ ކުރައްވާފައިވާއިރު، އުތުރާއި ދެކުނުގައި ރާޅުގެ އުސްމިން ހުންނާނެކަމަށް ބެލެވެނީ ތިން ފޫޓާއި ހަ ފޫޓާއި ދެމެދުގައި ކަމަށް ވެސް އެ އިދާރާ އިން ވަނީ ވިދާޅުވެފަ އެވެ.

އެހެންކަމުން ކަނޑުދަތުރުކުރައްވާ ފަރާތްތަކުން ހާއްސަކޮށް މެދުރާއްޖެތެރޭގައި ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާއިބެހޭ ގައުމީ އިދާރާ އިން ވަނީ އިލްތިމާސް ކުރައްވާފަ އެވެ.