ކުޅުދުއްފުށީ ކުޑަ މިސްކިތު ގަބުރުސްތާނުގައި މަހާނައެއް ކޮންނަން އިން ޒުވާނަކު ފުލުހުން މިއަދު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މިއަދު 18:30 ގައި ކުޅުދުއްފުށީ ކުޑަމިސްކިތު މަހާނައެއް ކޮންނަންއިންދާ ހައްޔަރުކުރީ އުމުރުން 19 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ.
އެއިނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައިރު މަސްތުގެ ހާލުގައި ހުރިކަމަށް ބެލެވޭ ކަމަށާއި ކުޅުދުއްފުށީ ޕޮލިސް އިން މިމައްސަލަ ތަހުޤީގު ކުރަމުން އަންނަކަމަށް ފުލުހުންވަނީ ބުނެފައެވެ.
ކުޑަ މިސްކިތު ގަބުރުސްތާނަކީ ކުޅުދުއްފުށީގައި އެންމެ ގިނައިން މިހާރު މީހުން ވަޅުލަމުން އަންނަ ގަބުރުސްތާނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!