ކުރިނބީ ސްކޫލް ގޯލްޑަން ޖުބްލީ ރަން ނޮވެމްބަރު 11 ވާ ހޯމަ ދުވަހު ބޭއްވުމަށް ކުރިނބީ ސްކޫލުން ތައްޔާރުވަމުން އެބަދެއެދެ.

ކުރިނބީ ސްކޫލަށް 50 އަހަރު ފުރޭ މިއަހަރު ހިންގާ ގޯލްޑަން ޖުބުލީ ހަރަކާތްތަކަށް ފަންޑު ހޯދުމަށް ބާއްވާ ގޯލްޑަން ޖުބްލީ ރަންގައި ބައިވެރިވެލެއްވުމަށް ޖެހިވަޑައިގަންނަވާނީ ބިބެއް ގަންނާށެވެ. އިއްޔެ އާއި މިއަދު ކުރިނބީ ސްކޫލުން ދަނީ ބިބް ދޫ ކުރަމުންނެވެ.

Ad
rt

ސްކޫލު ދަރިވަރުންނަށް 25 ރުފިޔާއަށް ބިބެއް ދޫކުރާއިރު އާންމު ރައްޔިތުންނަށް ބިބެއް ދޫކުރަނީ 50 ރުފިޔާ އަށެވެ. ޚާއްސަ ނަންބަރުތަށް ފެށޭ އަގަކީ 100 ރުފިޔާ އެވެ. ގޯލްޑަން ޖުބްލީ ރަން ފަށާނީ 2019 ނޮވެމްބަރު 11 ވަނަ ދުވަހު 16:30 ގައި ކުރިނބީ ސްކޫލް ކުރިމަތިން ކަމަށް ކުރިނބީ ސްކޫލް ޕްރިންސިޕަލް ހުސައިން ނާޒިމް ވިދާޅުވިއެވެ. މިރަންގައި ދުވާނީ ރަށުގެ ބޮޑެތި މަގުތަކުގައި ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

ކުރިނބީ ސްކޫލުން 2020 މެއި 18 ވަނަ ދުވަހާއި ހަމަޔަށް އެ ސްކޫލުގައި ހިންގާ ހުރިހީ ހަރަކާއްތަކެއްގައި ގޯލްޑަން ޖުބުލީގެ ނަން ހިމެނުމަށް ނިންނާފައި ވާކަމަށްވެސް ނާޒިމް ވިދާޅުވިއެވެ. ގޯލްޑަން ޖުބްލީ ޖަލްސާ ބާއްވަން ނިންމާފައިވަނީ 2020 ވަނަ އަހަރުގެ މާޗު މަހުގައި ކަމަށް ނާޒިމް ވިދާޅުވިއެވެ.

ބިބެއް ބައްލަވައިގަނެގެން ކުރިނބީ ސްކޫލް ގޯލްޑަން ޖުބްލީ ހަރަކާތްތަކަށް އެހީތެރިވެދެއްވުމަށް އެ ސްކޫލުން އެދިލައްވަ އެވެ.