ހއ. ހޯރަފުށި ހިމެނޭހެން ތިން ރަށެއްގައި ހޮސްޕިޓަލް އަޅައިދޭނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީއަށް ފޮނުވާފައިވާކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

ހެލްތު މިނިސްޓްރީން ބުނެފައިވާ ގޮތުގައި ހޮސްޕިޓަލް އަޅައިދޭނެ ބަޔަކު ހޯދުމަށް ފޮނުވާފައިވަނީ ހއ. ހޯރަފުއްޓާއި، ބ.ތުޅާދުއާއި ރ.މީދޫގައެވެ.

Ad
rt

މި ތިން ރަށުގައި ހޮސްޕިޓަލު ތަރައްގީ ކުރުމަށް ސަރުކާރުން ވަނީ މިއަހަރުގެ ބަޖެޓުގައި ހިމަނައިފައެވެ.

މިސަރުކާރުން ވަނީ 12 ރަށެއްގައި ޒަމާނީ ހޮސްޕިޓަލްތަކެއް އެޅުމަށް ނިންމާ އެރަށްތައް އިއުލާންކޮށްފައެވެ.

މީގެތެރޭގައި ހއ. އިހަވަންދޫ، ހޯރަފުށި، ހދ. ހަނިމާދޫ، ށ. މިލަންދޫ، ނ. ވެލިދޫ، ކެނދިކުޅުދޫ، ބ. ތުޅާދޫ، ފ. ނިލަންދޫ، ތ. ވިލިފުށި، ޅ. ހިންނަވަރު، އދ. މާމިގިލީ އަދި ގދ. ގައްދޫ ހިމެނެއެވެ.
މި ހުރިހާ ރަށެއްގައި ވެސް ހޮސްޕިޓަލް އަޅައިދޭނެ ބަޔަކު ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.