ޓޫރިޒަމް ދާއިރާއިން ރާއްޖެއަށް އަނެއްކާ ވެސް ގިނަ އެވޯޑުތަކެއް ލިބިއްޖެ އެވެ.
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ވިދާޅުވީ މި އެވޯޑުތައް ރާއްޖެއަށް ހާސިލުކުރެވިފައިވަނީ ކެންޔާގެ ކެންޔާޓާ އިންޓަނޭޝަނަލް ކޮންވެންޝަން ސެންޓަރު (ކޭއައިސީސީ) ގައި އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހު ބޭއްވި ވޯލްޑް ޓްރެވަލް އެވޯޑްސްގެ އެފްރިކާ އަދި އިންޑިއަން އޯޝަން ގާލާ ރަސްމިއްޔާތުގައި ކަމަށެވެ.
އެގޮތުން އިންޑިއަން އޯޝަންސް ލީޑިންގ ޑެސްޓިނޭޝަން 2022 ޓައިޓަލްއާއި އިންޑިއަން އޯޝަންގެ ލީޑިންގ ބީޗް ޑެސްޓިނޭޝަން އާއި އިންޑިއަން އޯޝަން ލީޑިންގ ޑައިވް ޑެސްޓިނޭޝަންގެ މަގާމު ވެސް ހާސިލުކޮށްފައިވާކަމަށް އެމްއެމްޕީއާރްސީން ވިދާޅުވި އެވެ. އަދި އިންޑިއަން އޯޝަން ލީޑިން ޓޫރިސްޓް ބޯޑުގެ ލަގަބު އެމްއެމްޕީއާރުސީ/ވިޒިޓް މޯލްޑިވްސް އިން ކާމިޔާބުކޮށްފައިވާކަމަށް ވިދާޅުވި އެވެ.
މި އެވޯޑްތައް ރާއްޖެއަށް ލިބިފައި މިވަނީ ރާއްޖޭގައި ޓޫރިޒަމްގެ ރަންޔޫބީލް އަހަރުގައި ކަމަށްވުމާއެކު މިއީ ދިވެހިރާއްޖޭގެ ފަތުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ އެންމެހާ ފަރާތްތަކަށް ލިބިގެންދާ ޚާއްޞަ އުފަލެއްކަން އެ އިދާރާއިން ވަނީ ފާހަގަކުރައްވާފަ އެވެ.
ފަތުރުވެރިކަމުގެ ދާއިރާގެ އޮސްކާގެ ގޮތުގައި ބެލެވޭ ވޯލްޑް ޓްރެވަލް އެވޯޑްސް އަކީ ޓްރެވަލް ޓްރޭޑް، ޓޫރިޒަމް، އަދި ހޮސްޕިޓަލިޓީ އިންޑަސްޓްރީގެ މުހިންމު ހުރިހާ ދާއިރާތަކަކާއި ސެގްމަންޓްތަކެއްގައި ފާހަގަކޮށްލެވޭ މަންޒިލްތައް ދެނެގަނެ، އިނާމު ދީ، ފާހަގަކުރުމަށް 1993 ވަނަ އަހަރު އުފެދުނު އެވޯޑެކެވެ.
މީގެ އިތުރުން، ރާއްޖެއިން މިވަނީ މި އަހަރުގެ 29 ވަނަ ޑަބްލިއުޓީއޭގެ އެންމެ ޝަރަފުވެރި، 'ވޯލްޑްސް ލީޑިންގ ކެޓަގަރީން' ފާހަގަކޮށްލެވޭ ތިން އެވޯޑަކަށް ނޮމިނޭޓްވެފަ އެވެ. އެއީ ޑަބްލިއުޓީއޭގެ އެންމެ ޝަރަފުވެރި ގެ ޓައިޓަލް އާއި އަދި ގެ އެވޯޑްތަކެވެ.
މި އަހަރު ރާއްޖެއިން މި އެވޯޑް ހާސިލްކޮށްފިނަމަ، މިއީ ރާއްޖެއަށް ވިދިވިދިގެން ތިން އަހަރު ފަތުރުވެރިކަމުގެ މިފަދަ ޝަރަފުވެރި ލަގަބެއް ލިބޭ ފުރަތަމަ ފަހަރެވެ. އަދި ޑް ީޑނގް ޫރް ބޑުގެ ޝަރަފުވެރި މަޤާމަށް އެމްއެމްޕީއާރުސީ ވަނީ ނޮމިނޭޓް ކުރެވިފަ އެވެ.
ޑަބްލިއުޓީއޭގެ އެވޯޑްތަކަށް ވޯޓުލުން ހުޅުވާލާފައިވަނީ 20 އޮކްޓޯބަރ 2022 ގެ ނިޔަލަށެވެ.
ދިވެހިރާއްޖެއަށް މި އެވޯޑް ކާމިޔާބު ކޮށްދެއްވުމަށް ވޯޓްލެއްވުމަށް ބޭނުންކުރައްވާނެ ލިންކުތައް:
ވޯލްޑްސް ލީޑިންގް ޑެސްޓިނޭޝަން:
ވޯލްޑްސް ލީޑިންގް އައިލެންޑް ޑެސްޓިނޭޝަން:
ވޯލްޑްސް މޯސްޓް ރޮމޭންޓިކް ޑެސްޓިނޭޝަން:
ވޯލްޑްސް ލީޑިންގް ޓޫރިސްޓް ބޯޑު:
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!