ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު މިރޭ ރާއްޖެއަށް ވަޑައިގަންނަވައިފިއެވެ.

ކުރައްވާ ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ސިންގަޕޫރައް ފުރައިވަޑައިގަތީ މި މަހުގެ 12 ވަނަ ދުވަހުއެވެ.

Ad
rt

ރައީސް ސާލިހު ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވިއިރު، އެމަނިކުފާނު ވަނީ މި އޮކްޓޯބަރ މަހުގެ 5 ން 8 އަށް ރަސްމީ ދަތުރުފުޅެއްގައި ބަހްރެއިނަށް ވަޑައިގެންފަ އެވެ. އެއީ ބަހްރެއިންގެ ރަސްގެފާނު ދެއްވި ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ މިދިޔަ ސެޕްޓެމްބަރ މަހުގެ 14 އިން 22 އަށް އިނގިރޭސި ވިލާތަށް ވެސް ވަޑައިގެންފަ އެވެ. އެ ގައުމަށް ކުރެއްވި މި ރަސްމީ ދަތުރުފުޅަކީ އިނގިރޭސި ވިލާތުގެ ރާނީ އެލިޒަބަތު 2 ވަނަ އަވަހާރަވުމާއި ގުޅިގެން އިނގިރޭސި ވިލާތުގެ އާ ރަސްގެފާނު، ޗާސްލް 3 ވަނައާ ބައްދަލުކުރައްވައި ރަސްގެފާނާއި ޝާހީ ޢާއިލާއަށް ތަޢުޒިޔާ ދެންނެވުމަށާއި އެ ޢާއިލާގެ މި ހިތާމައިގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރެއްވި ދަތުރުފުޅެކެވެ.