ހދ ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ތަރައްޤީ ކުރުމަށް ބަޖެޓުގެ އެއްވެސް މިންވަރެއް، 2020 ވަނަ އަހަރަށް ތައްޔާރުކޮށް ހުށައެޅި ބަޖެޓުގައި ހިމަނާފައި ނުވެއެވެ.
ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓަކީ ދުވާލަކު 5 ފްލައިޓް އޮޕަރޭޓު ކުރާ އެއާޕޯޓެކެވެ. އަދި މިހާރު ޓްރެވެންޑްރަމް އަދި ކޮޗިން އަށް ހަނިމާދޫ އެއާޕޯޓުން ދަތުރު ކުރެއެވެ. އެތައް ބަޔަކު ކޮންމެ ދުވަހަކުވެސް ދަތުރުކުރާ މިއެއާޕޯޓަކީ ރާއްޖޭގެ އުތުރުގައި އޮތް ހަމައެކަނި އިންޓަރނޭޝަނަލް އެއާޕޯޓެވެ.
ދާދި ފަހުން ކޮޗިން އަށް ދަތުރު ތައް ފަށާފައިވާ މި އެއާޕޯޓުގައި ޓާރމިނަލް އަކީ ވަރަށްވެސް ކުޑަ ޓާރމިނަލް އެކެވެ. އެއާޕޯޓަށް ފަސިންޖަރުން ފުރުވަންދާ ފަރާތްތަކުން މަޑު ކޮށްލާނެ ތަނެއްވެސް ނެތް އެއާޕޯޓެކެވެ. ވާރޭ ކޮޅެއް ވެހިލައިފިނަމަ ތެމޭނެއެވެ. ފަސިންޖަރުންނަށް ޓާރމިނަލް އަށް ވެދެވެނީ ބޯޑިން އަށެވެ. ޗެކިން ވުމަށްފަހު ފަސިންޖަރުން ޖެހޭނީ ޓާރމިނަލް އިން ބޭރަށް ނިކުމެ ބޯޑިން ވަގުތު ޖެހެންދެން މަޑު ކުރާށެވެ.
2020 ވަނަ އަހަރުގެ ބަޖެޓުގައިވެސް މިއެއާޕޯރޓު ތަރައްޤީ ކޮށްލާނެ އެންމެ ފައިސާއެއް ވެސް ނެތުމަކީ ތިލަދުންމަތީ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމަކަށް ވާނެއެވެ. ހދ ގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ތަރައްޤީ ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމަކެވެ.
މިއަހަރުގެ ބަޖެޓުގައި ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓް އަޕްގްރޭޑްކުރުމަށް އަލަށް ފަށާ ޕްރިޖެކްޓްއެއްގެ ގޮތުގައި ރީޖަނަލް އެއަރޕޯޓްސްއަށް 1,500,000 ރުފިޔާ ހިމަނާފައިވެއެވެ. ވޭތުވެދިޔަ އަހަރުތަކުގައި ހަނިމާދޫ އެއަރޕޯޓް ހަގީގީ އިންޓަނޭޝަނަލް އެއަރޕޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްއައީ ބަޖެޓްގައި ހިމަނަމުންނެވެ. ނަމަވެސް އެއެރޕޯޓްއަށް އެދެވޭ ކުރިއެރުމެއް އައިސްފައެއް ނުވެއެވެ.
2020 ވަނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ޑިވަލޮޕްމަންޓް ޕްރޮޖެކްޓަށް 853 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!