މަސްތުވާތަކެތީގެ މައްސަލައެއްގައި ބ. ގޮއިދޫން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އެމީހާ ހައްޔަރުކޮށްފައި ވަނީ، މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ބ. ގޮއިދޫ ޕޮލިސް ޕޯސްޓުން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

Ad
rt

މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ 31 އަހަރުގެ ފިރިހެނެކެވެ. އެމީހާ ހައްޔަރުކުރީ ގޮއިދޫގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.

''މި މަހު 27 ވަނަ ދުވަހުގެ ރޭ ހިންގި އެ އޮޕަރޭޝަނުގައި އެ ރަށު ކުޅި ސަރަހައްދުން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 29 ކަރުދާސްކޮޅު ފެނިފައިވޭ'' ފުހުން ވިދާޅުވެއެވެ.

މި މައްސަލަ އޭދަފުށީ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުން ކަމަށް ވެސް ފުލުހުން ވިދާޅުވެފަވެއެވެ.