ބްރިޓިޝް އެއާވޭސް އިން ރާއްޖެއަށް އަލުން ދަތުރުތައް ފަށަން ނިންމައިފިއެވެ.

އެ އެއާލައިނުން ބުނެފައިވާ ގޮތުގައި މި ދަތުރުތައް ކުރާނީ ލަންޑަނުގެ ހީތުރޯ އެއާޕޯޓުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ. މި ދަތުރުތައް އަލުން ފަށަން ނިންމާފައިވަނީ އަންނަ މަހުގެ 14 ގައެވެ.

Ad
rt

ބްރިޓިޝް އެއާވޭސްގެ ދަތުރުތައް އަލުން ފަށާއިރު ހަފްތާއަކު ހަތަރު ފްލައިޓް ބާއްވާނެއެވެ. ނަމަވެސް އަންނަ މަހުގެ 30 އިން ފެށިގެން ކޮންމެ ދުވަހަކު ފްލައިޓެއް ބާއްވަން އެ އެއާލައިނުން ވަނީ ނިންމާފައެވެ.

އިނގިރޭސިވިލާތުގެ ދެވަނައަށް އެންމެ ބޮޑު އެއާލައިން، ބްރިޓިޝް އެއާވޭސްގެ ދަތުރުތައް ރާއްޖެއަށް އެންމެ ފުރަތަމަ ފެށީ 2015 ވަނަ އަހަރުއެވެ.

އިނގިރޭސިވިލާތަކީ ރާއްޖެއަށް ފަތުރުވެރިން އެންމެ ގިނައިން އަންނަ އެއް ގައުމެވެ. މި އަހަރުތެރޭ އެ ގައުމުން 119،000 އަށް ވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.