މ. މުލަކުގައި ފުލުހެއްގެ ސައިކަލުގައި ރޯކޮށްލި މައްސަލައެއް ބަލަން ފުލުހުން ފަށައިފި އެވެ.

އެރަށުގައި ފުލުހެއްގެ ސައިކަލުގައި ރޯކޮށްލާފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށް ފުލުހުން ވިދާޅުވިނަމަވެސް އިތުުރު ތަފްސީލެއް އަދިހާމައެއް ނުކުރައްވަ އެވެ.

Ad
rt

މުލަކު ކައުންސިލުން ބުނީ އެ ހާދިސާ ހިންގާފައިވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ. އެކަން އެނގުނީ މިއަދު ފަތިހު ކަމަށާއި އެކަން ހިނގައިދިޔަ ގޮތުގެ އެއްވެސް މައުލޫމާތެއް މިހައިތަނަށް އެނގިފައި ނުވާ ކަމަށް ވެސް އެރަށު ކައުންސިލުން ބުންޏެވެ.

ސޯޝަލް މީޑިއާ ގައި ދައުރުވަމުންދާ ފޮޓޯއިން ފެންނަގޮތުގައި އެ ސައިކަލް ވަނީ އަނދާ ހުލިވެފަ އެވެ.

މ. މުލަކުގައި މި ހާދިސާ ހިންގާފައިވާއިރު، މިދިޔަ ފެބްރުއަރީ މަހު ނ. މިލަދޫގައި ވެސް ފުލުހެއްގެ ސައިކަލުގައި ރޯކޮށްލި މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ. އެ ހާދިސާ ހިންގާފައިވަނީ މަސްތުވާތަކެތި ވިޔަފާރިކުރަން އުޅުނު މީހަކު ހުއްޓުވުމުން ނެވެ.

މީގެ އިތުރުން ފުލުހުންނަށް އިންޒާރުދީ، ހަމަލާ ދިނުމުގެ އިތުރު މައްސަލަތަކެއް ވެސް ފާއިތުވި ދުވަސްތަކުގައި ރިޕޯޓުކޮށްފައި ވެއެވެ.