ކުޅުދުއްފުށި ސިޓީގައި ހުންނަ މިސްކިތެއް މަރާމާތުކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފިއެވެ.

ސިޓީ ކައުންސިލުން ބުނިގޮތުގައި މަރާމާތު ކުރަނީ މަސްޖިދުލް ޙަޟާރަތު މިސްކިތެވެ. އެ މަސައްކަތް ހަވާލުކުރީ ގިބްސް ޕްރައިވެޓް ލިމިޓެޑާއެވެ.

Ad
rt
45 ދުވަސް ތެރޭގައި މަރާމާތުކޮށް ނިންމާގޮތަށް ހަވާލުކުރެވުނު މި މަޝްރޫއުގެ ޖުމްލަ އަގަކީ 1,586,860.86 (އެއްމިލިއަން ފަސްލައްކަ އައްޑިހަ ހަހާސް އައްސަތޭކަ ފަސްދޮޅަސް ރުފިޔާ އައްޑިހަހަލާރި ) ކަމަށް އެ ކައުންސިލުން ބުނެއެވެ.
މި މަޝްރޫއުގެ ތެރެއިން، މިސްކިތުގެ މުށިތައް ނެގުން، ތަޅުން އެޅުން، ވިނައިލް ފްލޯރިން އެޅުން، އަދި މައި ދޮރުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން ހިމެނެއެވެ.

މަސްޖިދުލް ހަޟާރަތު ވަގުތީ ގޮތުން މަރާމާތަށް ބަންދުކުރުމާއި ގުޅިގެން ބަލި މީހުންނަށާއި އުމުރުން ދުވަސްވީ ފަރާތްތަކުގެ ފަސޭހައަށް، މަސްޖިދުލް ނަޞްރު (ކުރީގެ އަންހެނުންގެ މިސްކިތް) 11 ސެޕްޓެމްބަރ 2022 ވަނަ ދުވަހުގެ މެންދުރު ނަމާދުން ފެށިގެން ހުކުރު ދުވަހުގެ ހުކުރު ނަމާދުފިޔަވައި އެހެން ނަމާދުތަކަށް ހުޅުވާލެވިފައިވާކަމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވިދާޅުވެއެވެ.