ހދ. ނޮޅިވަރަންފަރު ބަނދަރު ނެރުފައިކަށިން ލިބެމުންދާ ގެއްލުންތަކުގެ ވާހަކަ، ރައީސް އިބްރާހިމް މުހައްމަދު ސާލިހު އާއި ވަޒީރުންނާއި ހިއްސާކޮށްފައިވާކަމަށް ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވިދާޅުވެއްޖެ އެވެ.

މިހާރު ލ ގަމުގައި ކުރިޔަށްދާ ވިއަވަތި ރާއްޖެ ކޮންފަރެންސް ގައި ހުންނަވާ މީސްމީޑިޔާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ "ނޮޅިވަރަންފަރު ބަނދަރު ނެރުފައިކަށިން ލިބެމުންދާ ގެއްލުންތަކުގެ ވާހަކަ ފޮޓޯތައް ދައްކާ ހިއްސާ ކޮށްފައިވާކަމަށެވެ.

Ad
rt

"އިރާދަ ކުރެއްވިއްޔާ ވަރަށް އަވަހަށް މިކަންތައް ހައްލު ވާނެކަމަށް އުއްމީދު ކުރަން"

މޮސްޓާ ވިދާޅުވެފައިވެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ އިތުރުން މި ވާހަކަ ހިއްސާކުރެއްވި މިނިސްޓަރުންގެ ތެރޭގައި މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޟް އިސްމާޢީލް، މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲ، މިނިސްޓަރ އޮފް ޓޫރިޒަމް ޑރ. ޢަބްދުﷲ މަޢުޞޫމް، މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ޙުސައިން ރަޝީދު ޙަސަން، މިނިސްޓަރ އޮފް ފިނޭންސް އިބްރާހީމް އަމީރު މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ޢަލީ ޝިޔާމްގެ އިތުރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ސީއީއޯ އާދަމް އާޒިމްގެ އިތުރުންވެސް އިސްވެރިންނާއި ހިއްސާކޮށްފައިވާނެކަމަށް ވިދާޅުވި އެވެ.

މިމަހުގެ 8 ވަނަ ދުވަހު މާލެއިން ފުރައިގެން ހދ. ނޮޅިވަރަންފަރަށް ދަތުރު ކުރި ހއ. ކެލާ ސަވާރީ ބޯޓު ވަނީ އެރަށު ފަރުމައްޗަށް އުރި އަޑިއަށް ގޮސްފަ އެވެ. ސަވާރީ ބޯޓު އަޑިއަށް ދިޔައީ ހަވީރު އެ ބޯޓު ނޮޅިވަރަންފަރު ބަނދަރަށް ވަންނަން އުޅުމުގެ ތެރޭގައި އެ ރަށު ނެރު މައްޗަށްވާގޮތަށް ހުރި ބޮޑެތި ގާތަކުން ގަލަކަށް އަރައި ހިނގި ހާދިސާގައެވެ.

ސަވާރީ ބޯޓު ފުންކުރުމުގެ މަސައްކަތް ކުރިއަށް، ނޮޅިވަރަންފަރުން ދައްކަނީ ނަމޫނާއެއް

މި ހާދިސާއާއި ގުޅިގެން ތިލަދުން ނޫހަށް މަޢުލޫމާތު ހިއްސާކުރަމުން ނޮޅިވަރަންފަރު ކައުންސިލްގެ ރައީސް ނަދީމް ވިދާޅުވެފައި ވަނީ ނެރުގެ ބޭރުފައިކަށީގެ ބޭރުގައި ހުރި ބޮޑެތި ގައުތައް ނަގައިދިނުމަށް ކަމާބެހޭ ފަރާތްތަކުގައި ނޮޅިވަރަންފަރު ކައުންސިލުން ތަކުރާރުކޮށް އެދިފައިވާނެ ކަމަށާއި، ނަމަވެސް މިއަދާ ހިސާބަށް ވެސް އެކަމަށް ހައްލެއް ލިބިފައިނުވާ ކަމަށެވެ.

މޮސްޓާ މިވަގުތު ހުންނެވީ ލ އަތޮޅުގައި މިހާރު ކުރިއަށްދާ ތިންވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސް ގައެވެ.