ކުޅުދުއްފުށީ ސިޓީ ދަމަނަވެށި އިމާރާތް އަޅަން މިއަދު ހަވާލު ކޮށްފިއެވެ.
ހެލްތު މިނިސްޓްރީން ވިދާޅުވީ، މި މަސައްކަތް ހަވާލުކުރީ ނޯތް ކޯސްޓު ޕްރައިވެޓް ލިމިޓެޑާ ކަމަށެވެ.
މި މަސައްކަތުގެ އަގަކީ 26،693،380.23( ސައްބީސް މިލިއަން ހަލައްކަ ނުވަދިހަތިންހާސް ތިންސަތޭކަ އަށްޑިހަ ރުފިޔާ ތޭވީސް ލާރި) އެވެ.
މި މަސައްކަތް ނިންމަން ދީފައި ވަނީ 420 ދުވަހެވެ.
މި މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގެ ރަސްމިއްޔާތުގައި އެސިޓީ އަށް ނިސްބަތްވާ ދެ މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މިކަމާއި ގުޅިގެން ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބުދުއްލަތީފް ވިދާޅުވީ، ބަލި ޖެހުމުގެ ކުރިން ބަލިން ރައްކާތެރި ވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ. އަދި ޕަބްލިކް ހެލްތްގެ ދައުރު ފުޅާ ކުރުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލަށާއި، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ކުރާ މަސައްކަތަށް ލިބިގެންދާނެ ކުރިއެރުމެއް ކަމަށް ވިދާޅުވިއެވެ.
‘’ސިއްހީ ދާއިރާއަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ގެންދަވަނީ އިންޤިލާބީ ބަދަލުތަކެއް ގެނެސް ދެއްވަމުން’’ ޔާސިރު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!