ގަވާއިދާ ޚިލާފަށް މުދާ ބަރުކޮށްގެން ދަތުރުކުރި ބޯޓެއް ހުއްޓުވައި، މާލެ އަށް ވައްދާފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުގެ މެރިން ޕޮލިހުން ވިދާޅުވެއްޖެއެވެ.

މެރިން ޕޮލިހުން ވިދާޅުވި ގޮތުގައި މިއަދު މާލެއިން ފުރައިގެން ދަތުރުކުރި ''ސައުތު ލައިން'' ބޯޓު ވަނީ ހިފަހައްޓައި މާލެ ވައްދާފަ އެވެ. އެ ބޯޓު ހުއްޓުވައި މާލެ ވެއްދީ، ގަވާއިދާ ޚިލާފަށް މުދާ ބަރުކޮށްފައިވާތީ ކަމަށް މެރިން ޕޮލިހުން ވިދާޅުވެއެވެ.

Ad
rt

''ގަވާއިދާ އެއްގޮތަށް މުދާ ބަރުކޮށްގެން ނޫނީ ދަތުރު ނުކުރުމަށް ވާނީ އެންގިފައި'' މެރިން ޕޮލިހުން ވިދާޅުވެފަވެއެވެ.

މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސް ވަރަކަށް ވާތީ، ދަތުރުފަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވެގެން ދަތުރު ކުރެއްވުމަށް މެރިން ޕޮލިހުން އިލްތިމާސް ކުރަށްވައެވެ. އަދި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރެއް ވުމަށް ވެސް އިލްތިމާސް ކުރައްވާފަވެއެވެ.

މި ދުވަސް ވަރަކީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސް ދުވަސްވަރެކެވެ. އެހެންކަމުން ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ވަނީ މުޅި ރާއްޖެއަށް ހުދު ސަމާލު ވެސް ނެރެފައެވެ.