ހދ.އަތޮޅާއި މެދު ސަރުކާރުން ފަހަތުފަޔައް ބުރަވާތަން ފެންނަކަމަށް ހދ. އަތޮޅު ކައުންސިލްގެ ނައިބް ރައީސް އަމީން މުޙައްމަދު ވިދާޅުވެއްޖެ އެވެ.

އަމީން މިފަދައިން ވިދާޅުވީ، “ޔާސިރު އުންމީދުކުރެއްވި ގޮތަށް އޮގަސްޓްމަހުގެ ނިޔަލަށް އެއާޕޯޓް ރަންވޭގައި ލައިޓެއް ނުޖެހުނު!” މިސުރުހީގެ ދަށުން ގެނެސްފައިވާ ހަބަރެއް ހިއްސާ ކުރައްވާ މީސްމީޑިޔާގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

Ad
rt

މި ޕޯސްޓުގައި އަމީން އިތުރަށް ވިދާޅުވެފައިވަނީ، މި ސަރުކާރުގެ 4 އަހަރު ނިމިދިޔައިރު ކުޅުދުއްފުށީ އެއާރޕޯޓް ލައިޓް ނުޖެހި ހުރުމަކީ މުޅި ބޮޑުތިލަދުންމައްޗައް ލިބިފައިވާ ނިކަމެތިކަމެއްކަމަށެވެ.

މީގެ އިތުރުން ހދ. ހަނިމާދޫ އެއާރޕޯޓް ވެސް ތަރައްޤީ ކުރުމަށް ނުފެށި ލަސްވަމުންދިޔުމަކީ މިސަރަހައްދުގެ އިޤްތިސާދުކުރިއެރުވުމަށް ލިބިގެންދާ ހީނަރުކަމެއްކަމުގައިވެސް އަމީން ވިދާޅުވި އެވެ.

އަމީން އަކީ ހދ. ކުމުންދޫ ކައުންސިލްގެ ރައީސްކަން ކުރައްވާ އެމްޑީޕީ މެންބަރެކެވެ.

މިފަހަކަށް އައި އަމީން އަންނަނީ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ނުހެދި ލަސްވަމުން ދަތީ އެކަމާއި އަޑު އުފުލަމުންނެވެ.