•  
  •  
  •  
  •  
  •  
  •  
  •  

މިދިޔަ އަންގާރަ ދުވަހު ދުނިޔޭގައި ފުރަތަމަ “އާޓްފިޝަލް އިންޓެލިޖެންސް” މެދުވެރިކޮށް ފަތުވާ ދޭ ހިދުމަތް ތައާރަފްކޮށް އިފްތިތާހު ކޮށްފިއެވެ.

ދުބާއީގައި އިފްތިތާހު ކުރި މިހިދުމަތުގެ ސަބަބުން ދީނީ އިލްމުވެރިންނާއި ފޯނުން ގުޅައި ދީނުގެ ކަންކަން އޮޅުންފިލުވުމަށް ސުވާލުކުރުމުގެ ބަދަލުގައި މިހިދުމަތް މެދުވެރިކޮށް ވަގުތުން ސުވާލުކޮށްލުމުން ޖަވާބު ލިބިގެން ދާނެއެވެ.

މިވަގުތު މިހިދުމަތް މެދުވެރިކޮށް ޖަވާބު ދެވޭނީ ނަމާދާއި ގުޅޭ 205 ސުވާލަކަށް ކަމަށް ދުބާއީގެ އިސްލާމިކް އެފެއާޒް އެންޑް ޗެރިޓަބަލް އެކްޓިވިޓީސް ޑިޕާޓްމަންޓްގެ ފަތުވާ ސެކްޝަންގެ ހެޑް ތާރިޤް އަލް އެމަޑީ ވިދާޅުވިއެވެ. އަދި މިބުރުގައި ހަމައެކަނި ސުވާލުތަކަށް ޖަވާބު ދެވޭނީ އިސްލާމިކް އެފެއާޒް އެންޑް ޗެރިޓަބަލް އެކްޓިވިޓީސް ޑިޕާޓްމަންޓްގެ ވެބްސައިޓުން އިނގިރޭސި އަދި އަރަބި ބަހުން އެކަނި ކަމަށްވެސް ތާރިޤް ވިދާޅުވިއެވެ.

ދެން އަންނަ ބުރެއްގައި މިހިދުމަތް “ވަޓްސްއެޕް” މެދުވެރިކޮށް ލިބޭގޮތް ހަދާނެކަމަށާއި އިތުރު ސުރުހީތަކަށް ގިނަ މައުލޫމާތު ލިބޭ ގޮތަށް ހައްދަވާނެކަމަށްވެސް ތާރިޤް ވިދާޅުވިއެވެ. އެގޮތުން ރޯދަ އާއި ވުލޫ ކުރުމާއި ވިޔަފާރިއާއި ބެހޭ ގިނަ މައުލޫމާތު ތައް ހިމެނޭނެއެވެ. އިތުރު ބަސްތައް ވެސް ކުރިއަށް އޮތް ތަނުގައި ހިމަނުއްވާނެކަމަށް ތާރިޤް ވަނީ ވިދާޅުވެފައެވެ.

ދުބާއީގެ އިސްލާމިކް އެފެއާޒް އެންޑް ޗެރިޓަބަލް އެކްޓިވިޓީސް ޑިޕާޓްމަންޓްގެ ވެބް ސައިޓްގެ ފުރަތަމަ ސަފްހާގެ ކަނާތް ފަރާތުގެ ތިރީ ކަނުގައިވާ “ޗަޓް ވިތް އަސް” އަށް ކްލިކް ކޮށްލުމުން މިހާރު މި ހިދުމަތް ބޭނުން ކުރެއްވޭނެއެވެ. ވަރަށް އަވަހަށް އިސްލާމިކް އެފެއާޒް އެންޑް ޗެރިޓަބަލް އެކްޓިވިޓީސް ޑިޕާޓްމަންޓްގެ އޮންޑްރޮއިޑް އަދި އައިއޯއެސް އެޕްލިކޭޝަން މެދުވެރިކޮށްވެސް މި ހިދުމަތް ބޭނުން ކުރެވެން ފެށޭނެއެވެ.

ކުރިއަށް އޮތްތަނުގައި ސުވާލު ކުރައްވާ ފަރާތްތަކަށް އޯޑިއޯ މެދުވެރިކޮށްވެސް ޖަވާބު ލިބޭނެ ގޮތް ހައްދަވާނެކަމަށް ތާރިޤު ވިދާޅުވިއެވެ. މިހިދުމަތް މެދުވެރިކޮށް ދީނީ ގިނަ މަޢުލޫމާތު ތަކެއް ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި ތިބި ފަރާތްތަކަށް ލިބިގެންދާނެއެވެ.

 

ޚިޔާލު

Your email address will not be published.

More in ކުޑަ