ރާއްޖޭގެ އެއްވަނަ ޑިވިޝަނުގެ ގިނަ ކުޅުންތެރިންތަކާއިއެކު ހއ ދިއްދޫ ކައުންސިލް ކަޕް ފެށުމަށް ތައްޔާރުވެއްޖެ އެވެ.

މިމަހުގެ 28 އިން އަންނަމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގރންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި މިއަހަރު ޖުމްލަ 6 ޓީމުވަނީ ބައިވެރިވެފައެވެ.

Ad
rt

މިމުބާރާތުގައި ރާއްޖޭގެ އުރީދޫ ޕްރިމިއަ ލީގު އަދި އެފް އޭ ކަޕްގެ ތަށި ކާމިޔާބު ކުރި މާޒިޔާގެ 4 ކުޅުންތެރިން ބައިވެރިވެއެވެ.
އެގޮތުން 2021 ވަނަ އަހަރުގެ ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ހަމްޒާ މުހައްމަދު (ހަންޕު) އިތުރުން އިރުފާނު (އިރޭ ) ، އައިޝަމް އަދި ނިހާން(ނިހާޓް) ، ރާއްޖޭގެ ފުޓްސަލްތަރި މުހައްމަދު އަޔާޒު (އަޔާ) ، ގްރީން ސުޓްރީޓްގެ ކެޕްޓަން ރިލްވާން (ރިލޭ ) އަދި ޓީސީ ސ.ކ މިޑްފިލްޓާރ ހައިޝަމް ރަޝީދު ، ވެލެންސިޔާގެ ބޭރުކުޅުންތެރިޔާ ހަލީލް ، ޔޫވީގެ ބޭރުކުޅުންތެރިޔާ މިލޯ އަދި މުހައްމަދު ޖައިލަމް ( އޮގީ ) ފާހަގަކޮށްލެވެއެެވެ.

މިމުބާރާތް އިންތިޒާމްކޮށް ކުރިއަށްގެންދަނީ ދިއްދޫ ކައުންސިލުންނެވެ.

23 އަހަރުންދަށުގެ ގައުމީޓީމް ކުޅުންތެރިޔާ ހައިޝަމް ރަޝީދު ދިއްދޫ ކައުންސލް ކަޕް 2021 ފޮޓޯ ދިއްދޫ އޮންލައިން

މިމުބާރާތުގެ ފޯރި އިތުރުކުރުމުގެ ގޮތުން ދިއްދޫ އޮންލައިން އިންވަނީ ގޯލް އާރު އެޕް މެދުވެރިކޮށް މެޗްތަކުގެ ސުކޯ ޕުރިޑިކްޝަން އެއް ހުޅުވާލާފައެވެ.