ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ކޮމިއުނިކޭޝަން ސްޓްރެޓެޖިސްޓްގެ މަޤާމަށް ޞަފާތު އަޙްމަދު ޒާހިރު، މިއަދު ޢައްޔަން ކުރައްވައިފިއެވެ.

ޞަފާތު އަޙްމަދު ޒާހިރު މި މަޤާމަށް ޢައްޔަންކުރައްވާފައި ވަނީ މިނިސްޓަރުގެ ނައިބުގެ ފެންވަރުގައެވެ.

Ad
rt

ވުމަން އެންޑް ޑިމޮކްރަސީ ޖަމްޢިއްޔާގެ ފައުންޑަރ އަދި ރައީސްގެ މަޤާމުގައި ވެސް ހުންނެވި ޞަފާތަކީ، ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ އެސިސްޓެންޓް ޑިރެކްޓަރގެ މަޤާމު ފުރުއްވުމާއި ފައިނޭންޝިއަލް އެނަލިސްޓެއްގެ ގޮތުގައާއި ބިޒްނަސް އެނަލިސްޓެއްގެ ގޮތުގައި މަސައްކަތް ކުރަށްވާފައިވާ ބޭފުޅެކެވެ.

މީގެ އިތުރުން އަންހެނުންގެ ޙައްޤުތައް ކުރިއެރުވުމުގެ ދާއިރާއިން ފާހަގަކޮށްލެވޭ ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ޞަފާތު ވަނީ ފައިނޭންސް އެންޑް އިންވެސްޓްމަންޓްސް ދާއިރާއިން ޔުނިވަރސިޓީ އޮފް ނޮޓިންގހަމް އިން މާސްޓަރސް ޑިގްރީ ހާސިލުކުރައްވާފައެވެ.

ޞަފާތު ވަނީ އެންމެ ފަހުން އޮތް ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ އެތެރޭގެ އިންތިޚާބުގައި އެ ޕާޓިގެ އަންހެނުންގެ ރޫހުގެ ރައީސާ ކަމަށް ވާދަކުރަށްވާފައެވެ.