އިނގިރޭސި ލީގުގައި ހޯމަދުވަހުގެރޭ ކުޅުނު މެޗުން ލިވަޕޫލްގެ މައްޗަށް 2-1 ގެ ނަތީޖާއިން ކުރި ހޯދާ ޔުނައިޓެޑުން ލީގުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.
މިއީ 2018 ވަނަ އަހަރު ފަހުންލިވަޕޫލުކައިރިން ލީގުގައި ޔުނައިޓެޑަށް ލިބުނު ފުރަތަމަ މޮޅެވެ. އަދި 2022 ވަނަ އަހަރު ލީގުގައި ލިވަޕޫލްގެ ފުރަތަމަ ބައްޔެވެ. މިހާތަނަށް މިފަހަރުގެ ލީގުގައި އަދި ލިވަޕޫލަށް މޮޅެއް ހޯދިފައެއް ނުވެއެވެ.
ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މެޗުގައި ފުރަތަމަ ގޯލު ޔުނައިޓެޑް ކާމިޔާބު ކުރީ މެޗުގެ 16 ވަނަ މިނެޓުގައި އެންތޮނީ އެލަންގާގެ އެހީތެރިކަމާއެކު ޖޯޑަން ސަންޗޯއެވެ.
މުހިއްމު ކުޅުންތެރިންތަކެއް ނުލައި މެޗަށް ނުކުތް ލިވަޕޫލްކޮޅަށް ދެވަނަ ގޯލު ޔުނައިޓެޑް ޖެހީ މެޗުގެ 53 ވަނަ މިނެޓްގައި މާޝިއަލްގެ އެހީތެރިކަމާއެކު ރަޝްފޯޑް އެވެ.
ގިނަވަގުތު ބޯޅަ ހިފައްޓައިގެން މޮޅަށް ކުޅެމުން ދިޔަ ލިވަޕޫލުން ލަނޑު ޖެހީ މެޗުގެ 81 ވަނަ މިނިޓުގައިއެވެ. މިއީ ލީގުގައި ޔުނައިޓެޑް ކޮޅަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ މުހައްމަދު ސަލާހު ކާމިޔާބު ކޮށްދިން ގޯލެކެވެ. ފަބިއޯ ކަވާލިއޯ ޖެހި ބޯޅައެއް ޑެހެއާ އަތުގައި ޖެހިފައި ނުކުތް ވަގުތު ސަލާހު ވަނީ ބޮލުން ގޯލުގެ ކައިރީ ކަނަށް ފޮނުވާލައިފަ އެވެ
މި ނަތީޖާއާއިއެކު ޔުނައިޓެޑް 14 ވަނައިގައި ތިން ޕޮއިންޓާ އެކު އޮތްއިރު، ލިވަޕޫލް 16 ވަނައިގައި އޮތީ ދެ ޕޮއިންޓް ހޯދައިގެންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!