ލަލީގާ ގައި އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗުން ބާސެލޯނާ މޮޅުވެއްޖެއެވެ.
ރިއާލް ސޮސައިޑޭޑް ދަނޑުގަ ކުޅުނު މެޗު ބާސާއިން ކާމިޔާބު ކުރީ 4-1 ގެ ނަތީޖާއިންނެވެ.
މެޗުގެ ފުރަތަމަ މިނެޓުގައި ލެވަންޑޮސްކީ ގެ ގޯލުން ބާސާއިން ވަނީ މެޗުގެ ލީޑު ނަގާފައެވެ. ބާސާއަށް ލީޑު ހިފަހައްޓައިލެވުނީ 5 މިނެޓު ވަންދެންނެވެ. މެޗުގެ 6 ވަނަ މިނެޓުގައި އެލެކްސަންޑްރާ ގޯލެއްޖަހައި މެޗުގެ ނަތީޖާ ހަމަ ހަމަ ކުރިއެވެ. މެޗުގެ ފުރަތަަމަ ހާފު ނިމުނީ 1-1 ގެ ނަތީޖާއިން ދެޓީމު އެއްވަރު ވެގެނެނެވެ.
ދެވަނަ ހާފު ފަށައިގެން ހާފު ދެބައިވާން ގާތްވެފައިވަނިކޮން އަންސް ފަޓީ ގެއެހީތެރިކަމާއެކު ކައިރި ކައިރީ ދެގޯލު ޖަހައި ބާސައިންވަނީ 2 ލަނޑުގެ ލީޑެއް ނަގާފައެވެ. މި ދެގޯލު ތެރެއިން ފުރަތަމަ ގޯލު ޑެންބަލޭ ކާމިޔާބު ކޮށްދިނީ 66 ވަނަ މިނެޓްގައެވެ. ދެވަނަ ގޯލް ކާމިޔާބު ކޮށްދިނީ މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކުރި ލެވަންޑޮސްކީއެވެ.
⛔ ⛔ ⛔ #LaLigaHighlights pic.twitter.com/bxWPjTybQN
— FC Barcelona (@FCBarcelona) August 21, 2022
މެޗުގައި މޮޅަށް ކުޅެމުންދިޔަ ބާސާއިން މެޗުގެ 3 ޕޮއިންޓް ކަށަވަރުކުރި މެޗުގެ ފަހު ގޯލު ޖެހީ 79 ވަނަ މިނެޓުގައި ލެވަންޑޮސްކީގެ އެހީތެރިކަމާއެކު އަންސޫ ފަޓީއެވެ.
މި ނަތީޖާއެކު ބާސާއިންވަނީ ތާވަލްގެ 5 ވަނަ އަށް ޖެހިލާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!