މި އަހަރުގެ އޯލެވެލް އަދި އެސްއެސްސީ އިމްތިހާނުގެ ނަތީޖާ މިއަދު ދޫކުރަން ފަށައިފިއެވެ.

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) އިން ބުނި ގޮތުގައި 2022 ވަނަ އަހަރުގެ އޯލެވެލް އަދި އެސްއެސްސީ އިމްތިހާނުގެ ނަތީޖާ މިއަދު 12:00 އިން ފެށިގެން ވަނީ ދޫކުރަން ފަށާފަ އެވެ.

Ad
rt

އެ ޑިޕާޓްމަންޓުން ބުނީ އިމްތިހާނުތަކުގެ ނަތީޖާ ލިބޭނީ އެ ދަރިވަރަކު އިމްތިހާނުގައި ބައިވެރިވި މަރުކަޒަކުން ކަމަށެވެ.

އިމްތިހާނުގެ ނަތީޖާގައި މަައްސަލައެއްވާ ނަމަ އަންނަ އާދިއްތަ ދުވަހުން ފެށިގެން އަންނަ ސެޕްޓެމްބަރު މަހުގެ އެއް ވަނަ ދުވަހުގެ ނިޔަލަށް އެ މައްސަލަ ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް އެ ޑިޕާޓްމަންޓުން ވަނީ ބުނެފައެވެ.

މި އަހަރުގެ ޖީސީއީ އޯލެވެލް އިމްތިހާނު 236 ސެންޓަރެއްގައި ހަދާފައިވެއެވެ. އެ ސެންޓަރުތަކުގައި 5936 ދަރިވަރުން މި އިމްތިހާނު ފުރިހަމަކޮށްފައިވެއެވެ. އަދި 233 ސެންޓަރެއްގައި އެސްއެސްސީ އިމްތިހާނު ހަދާފައިވާއިރު، 5640 ދަރިވަރުން އެ އިމްތިހާނުގައި ވަނީ ބައިވެރިވެފައެވެ.