ހިޔާ ފްލެޓެއްގައި އެއް ޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ހިޔާ ޓަވަރެއްގައި ފިރިހެނުންތަކެއް ގައިގޯޅިވާ ކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ފުލުހުން އެތަނަށް ގޮސްފައިވާ ކަމަށެވެ.

Ad
rt

މި މައްސަލައިގެ ތުހުމަތުގައި ބިދޭސީ ދެފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވެސް އެ އިދާރާއިން މައުލޫމާތު ދެއްވައެވެ.

މީހަކު މިރޭ ފޭސް ބުކްގައި ވަނީ މި މަންޒަރުތައް ލައިވް ވެސް ކޮށްފައެވެ. އެ ވީޑިއޯ އިން ފެންނަ ގޮތުގައި އެ ދެމީހުން ވަރަށް ގައިގޯޅިވާ މަންޒަރު ފެނެއެވެ. އަދި އެ ވީޑިއޯގައި ފުލުހުން ޓެގްކޮށް އެކަން ބަލައި ދިނުމަށް އެދިފަވެއެވެ. އޭގެ އިރުކޮޅެއް ފަހުން އެ ވީޑިއޯއިން ފުލުހުން ކުށުގެ ވެއްޓަށް އެޓެންޑްވި މަންޒަރު ވެސް ފެނެއެވެ.

އެ ދެ ބިދޭސީން މި ނޭއްގާނީ ހުތުރު ޢަމަލު ހިންގާފައި ވަނީ ހިޔާ ޓަވަރު، އެޗް7 ގެ 10 ވަނަ ފަންގިފިލާގެ ފްލެޓެއްގައި ކަމަށް ބައެއް ފަރާތްތަކުން ލަފާކޮށްފަވެއެވެ.