ހއ އުތީމުގައި ގައުމީ ދުވަހުގެ ޚާއްސަ ޖަލްސާއެއް ބާއްވައިފިއެވެ.
ރޭ އުތީމުގައި ބޭއްވި ޖަލްސާގެ ޝަރަފްވެރި ކޮށްފެއްވީ އެންވަޔަރުމެންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން އެވެ. ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ ވަނީ ޖަލްސާގައި ބައިވެރިވެ ވަޑައިގެންފައެވެ. މީގެ އިތުރުން ސަރުކާރުގެ އެކި މުއައްސަސާތަކުގެ ބޭފުޅުންގެ އިތުރުން އުތީމު ރައްޔިތުންގެ ގިނަބަޔަކު ވަނީ މި ޖަލްސާގައި ބައިވެރިވެފައެވެ. މި ޖަލްސާ ގައި އުތީމުގެ ސްކޫލުގެ ދަރިވަރުން ވަނީ ބޮޑުތަކުރުފާނުގެ ޒިކްރާ އަދާކުރުމުގެ ގޮތުން އެކި ކަހަލަ ސްޓޭޖް އައިޓަމްތައް ހުށައަޅާދީފައެވެ.
މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެންވަޔަރުމެންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވީ ގައުމަށް އޮންނަ ލޯތްބާއި، ގައުމާއި މެދު އަޅާލުން ކުޑަވެއްޖެނަމަ ޕޯޗުގީޒުންގެ ފަރާތުން ރާއްޖެ އަށް ލިބުނު ފަދަ ގެއްލުމެއް އިޔާދަވުން އެކަށީގެންވާ ކަމަށާއި ގައުމުގައި ހަމަނުޖެހުންތަކާއި ދެބަސްވުންތައް އުފެދުނީމާ ވާހަކަ ދައްކައިގެން އެކަމަށް ހައްލު ނުހޯދޭނަމަ އޭގެ ނަތީޖާ ހިތިވާނެ ކަމަށެވެ.
ގައުމުގެ އެތެރޭގެ ކަންތައްތައް ހަމަޔަކަށް އެޅުވުމަށް ބޭރުގެ ފަރާތްތަކަށް ދައުވަތުދޭނަމަ އޭގެ ނާޖާއިޒު ފައިދާ ހޯދައިގެން ވެރިކަން ފުރޮޅާލުމަށް މަސައްކަތްކުރި ކޮންމެ ފަހަރަކު ރާއްޖޭގެ މިނިވަންކަން ގެއްލިގެން ދިޔަކަން ދިވެހި ތާރިހުން އިނގޭ : އެންވަޔަރުމެންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން
މިފަދަ ހާދިސާތަކުން ދަސްކުރަން ޖެހެނީ ގައުމެއްގެ އެތެރޭގެ ހަމަޖެހުން އޮތުމަކީ ގައުމެއްގެ އެންމެ މުހިއްމު ރުކުންކަންކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
— Home Ministry, MV (@HomeMinistrymv) October 29, 2019
ޕޯޗުގީޒުން ރާއްޖެއަށް އަތްގަދަ ކޮށްފައިވަނީ މީލާދީން 1558 ވަނަ އަހަރުއެވެ. އެއީ ރާއްޖެ، ބޭރުގެ ބައެއްގެ އަށްދަށަށް ދިޔަ ފުރަތަމަ ފަހަރެވެ. ޕޯޗުގީޒުންގެ އަޅުވެތި ކަމުގައި ދިވެހިރާއްޖެ 16 އަހަރު ވަންދެން އޮތުމަށް ފަހު އެމީހުން އަތުން ރާއްޖެ ސަލާމަތް ކުރެއްވީ އުތީމު ބޮޑު ތަކުރުފާނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!