ހއ. ފިއްލަދޫ ސްކޫލްގައި މަލްޓި ޕާޕަސް ހޯލެއް އިމާރާތްކުރަން ނެކްސާ ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޓެޑްއާ މިއަދު ހަވާލުކޮށްފިއެވެ.
އެޑިޔުކޭޝަން މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ ސީނިއަރ ޕޮލިސީ ޑިރެކްޓަރ ނައުޝާދު އިބްރާހިމްއެވެ. އަދި ނެކްސާ ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގް ޑިރެކްޓަރ މުހައްމަދު ނައިހްއެވެ.
މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގައި ފިއްލަދޫ ތަމްސީލްކުރާ، ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ) އިބްރޭ ވެސް ބައިވެރިވެވަޑައިގަތެވެ.
ޕީއެސްއައިޕީގެ ދަށުން ކުރިއަށް ގެންދާ މި މަޝްރޫޢުގެ އަގަކީ 13.7 މިލިއަން ރުފިޔާ އެވެ. އަދި މި މަސައްކަތް ހަވާލުކުރީ އެއް އަހަރު ދުވަސް ތެރޭގައި ނިންމަންޖެހޭ ގޮތަށެވެ.
މީގެ އިތުރުން އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ވަނީ ކ. ގުޅީ ސްކޫލްގައި 06 ކްލާސްރޫމާއި ހޯލް އިމާރާތްކުރުމަށް ކޭ އެންޑް އެފް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައެވެ. އެއް އަހަރުތެރޭ ނިންމަންޖެހޭ މި މަސައްކަތުގެ އަގަކީ 16.6 މިލިއަން ރުފިޔާއެވެ.
އެޑިޔުކޭޝަންގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ސީނިއަރ ޕޮލިސީ ޑިރެކްޓަރ މޫސާ ނައީމްއެވެ. ކޭ އެންޑް އެފް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގް ޑިރެކްޓަރ މުހައްމަދު ޚުޝްރުވާން އަހުމަދު އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!