މާލޭގެ ފިހާރަ އަކުން އޫރު މަސް ހިމެނޭ ޕްރޮޑަކްޓެއް ފެނިއްޖެއެވެ.
ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ޕޯސްޓުގައި ވަނީ ގްރޭވީ މިކްސް ޕެކެޓެކެވެ. އެ ޕެކެޓުގެ އިންގްރީޑިއަންޓްސްގައު އޫރު މަސް އެކުލެވޭކަން ހިމަނާފައިވެއެވެ. އެ ޕޯސްޓުގައިވާގޮތުން އެއީ ރާއްޖޭގެ މަޝްހޫރު ރީޓެއިލް ފިހާރަ ރެޑްވޭވުން ގަތް އެއްޗެއް ކަމަށެވެ.
މިކަމާ ގުޅިގެން ހެލްތު މިނިސްޓްރީން ބުނީ އެ މައްސަލަ ފާހަގަކުރެވި އެ ޕްރޮޑަކްޓް ނުވިއްކަން އަންގައިފައިވާނެ ކަމަށެވެ. އަދި އެ މައުލޫމާތު މިހާރު އިސްލާމިކް މިނިސްޓްރީއާ ވެސް ހިއްސާކޮށްފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

ރާއްޖޭގައި ހަލާލު ނޫން ބާވަތެއް އެކުލެވޭ ނުވަތަ ސިއްހަތަށް ނުރައްކާވާ އެއްޗެއް ފިހާރައަކުން ވިއްކާތަން ފެނިއްޖެ ނަމަ އެ ޕްރޮޑަކްޓެއް ހެލްތު މިނިސްޓްރީގެ ދަށުން ހިންގާ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވިއްކުން މަނާކުރެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!