މާލޭ ގެއެއްގައި އަންހެނަކު ރޭޕްކުރިކަމަށް ބުނާ މައްސަލައެއް ފުލުހުން ބަލަަންފަށައިފިއެވެ.

ފުލުހުންގެ ޚިދުމަތުން މިރޭ ވިދާޅުވީ، މާލޭ ގެއެއްގައި އަންހެނަކު ރޭޕްކުރި މައްސަލައެއް އެ އިދާރާއަށް ހުށަހެޅިފައިވާ ކަމަށެވެ.

Ad
rt

މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ އިއްޔެއެވެ.

ފުލުހުންވިދާޅުވީ، އެ މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދަވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވައެވެ.

އަންހެނަކު ރޭޕްކުރި ކަމަށް ބުނާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަންފެށިއިރު، މި ހަފްތާތެރޭގައި ވަނީ މާލޭ ގެއެއްގައި ވަރަށް އަނިޔާވެރިކޮށް އަންހެނަކު މަރާލާފައެވެ.

މި ހާދިސާގައި މި މަހުގެ ހަވަނަ ދުވަހުގެ ރޭ ހ. ޝީރީންވިލާގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނީ ޏ. ފުވައްމުލަކު ޝިއާއު މުހައްމަދު ސައީދެވެ. ޝިއާއުގެ މަރުގެ މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ފ. ނިލަންދޫ، ފިނިފެންމާގެ، އަލީ ޝާހިލް އެވެ.