ހާ ޓު ސީނު ޓުއަރިޒަމް އެންޑް ޓްރޭޑް ފެސްޓިވަލް އަންނަ ސެޕްޓެމްބަރު މަހުގެ 15 ގައި ފެށުމަށް ތައްޔާރުވަމުން އެބަދެއެވެ.
މި ފެސްޓިވަލްގައި ބައިވެރިވުމުގެ ސުންގަޑި އަކީ މިމަހުގެ 10 ވަނަ ދުވަހުގެ 23:59 އެކެވެ. ހުޅުމާލޭގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މިފެސްޓިވަލް ކުރިއަށްދާނީ އަންނަ މަހުގެ 15 އިން 18 އަށް ކޮންމެ ދުވަހަކު ހަވީރު 16:00 އިން ރޭގަނޑު 23:50 އަށެވެ.
ފެސްޓިވަލްގައި މިހާތަނަށް ބައިވެރިވެފައިވާ ރަށްތަކުގެ ތެރޭގައި ކ. މާފުށި، ގއ. ކަނޑުހުޅުދޫ، ގއ. ވިލިނގިލި، ލ. މާމެންދޫ، ހއ. ހޯރަފުށި ފަދަ ރަށްތައް ހިމެނޭކަމަށް ހާޓުސީނުގެ ކޯފައުންޑަރ އަދި ސީއީއޯ އަލީ ހަމީދު ވިދާޅުވި އެވެ.
ހާ ޓު ސީނު ޓުއަރިޒަމް އެންޑް ޓްރޭޑް ފެސިޓިވަލް 2022 އަކީ 2019 އިން ފެށިގެން ހާ ޓު ސީނު ގެ ނަމުގައި ސޯޝަލް މީޑިއާ މެދުވެރިކޮށް ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ރައްތަށް ފަތުރުވެރިކަމުގެ ދުނިޔޭގައި އިޝްތިހާރު ކުރުމަށް އަދި ދިވެހިން ވަޒަންވެރިވެ ތިބި ރަށްތަކުގެ ގުދުރަތީ ރީތިކަން ފަތުރުވެރިންނާއި ޓްރެވެލް އޮޕަރޭޓަރުންނާއި އެޖެންޓުންގެ ސަމާލުކަމަށް ގެނައުމަށް ހާ ޓު ސީނުގެ ކޯރ ފައުންޑަރުން ކަމުގައިވާ ޢަލީ ހަމީދު އާއި މަރްޔަމް ރަޢުލާ ކުރަންފެށި މަސައްކަތުގެ އެންމެ މުހިންމު މަންޒިލެވެ.
ހާ ޓު ސީނު ޓުއަރިޒަމް އެންޑް ޓްރޭޑް ފެސިޓިވަލް ނުވަތަ އެޗް ޓީ ޓި އެފް 2022 މަގްސަދަކީ ހަޤީޤީ ދިވެހިންގެ ސަގާފަތާއި ދިވެހިން ދިރިއުޅެމުންދާ ރަށްތައް، ފަތުރުވެރިންގެ މަންޒިލް ތަކަކަށް ހެދުމަށް އެހީތެރިވެދީ ދުނިޔޭގެ ޓްރެވެލް އޮޕަރޭޓަރުންނާއި އެޖެންޓުންގެ ސަމާލުކަމަށް ގެނެސް ރަށު ފަތުރުވެރިކަން ފުޅާކޮށް މީހުން ދިރިއުޅޭ ރައްތަކަށް ޒިޔާރަތް ކުރާ ނޫނީ ޒިޔާރަތް ކުރުމަށް ޝައުގުވެރިވާ ފަތުރުވެރިންގެ އަދަދު އިތުރު ކޮށްދިނުންކަމަށް އެފަރާތުން ހާމަކުރެއެވެ.
ދެވަނަ ކަމަކީ ރަށް ރަށުގެ ކައުންސިލާއި، ފަތުރުވެރިކަމުގެ އެކިއެކި މަސައްކަތް ކުރުމަށް މަސައްކަތް ކުރާ ފަރާތްތަކަށް އަދި ފަތުރުވެރިކަމުގެ އެކި މަޝްރޫތަށް ހިންގުމަށް މީހުން ދިރިއުޅޭ ރަށްރަށުގައި ފެށުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފަތުރުވެރިކަމުގެ މާހިރުންނާއި ދިމާވެ، ބައްދަލުވުންތަށް ފެސްޓިވަލްގައި ބޭއްވި މި ސިނާއަތާއި ގުޅޭ ގިނަ މަޢުލޫމާތުތަކެއް ލިބި ރަށުގައި ރަށުފަތުރުވެރިކަން ކުރެވޭނެ މަގު ފަހިކޮށްދިނުމެވެ.
ތިން ވަނަ ކަމެއްގެ ގޮތުގައި އެފަރާތުން ހާމަކުރީ، ދިވެހިންގެ ތޭރޭގައި ވެސް އެބަޔަކު ނިސްބަތްވާ އަތޮޅާއި ރަށް ނޫން ރައްތަކާއި ބެހޭ މަޢޫލޫމާތު ފުޅާ ދާއިރާއެއްގައި ފެސްޓިވަލް މެދުވެރިކޮށް ލިބި އަދި ދިވެހިންވެސް އާއިލާ އާއި ރަހުމަތްތެރިންނާއި އެކު ޗުއްޓީ ހޭދަކުރުމަށް އިތުރަށް ޝައުގެވެރިކަން އުފައްދާ ރަށްރަށަށް ޒިޔާރަތް ކުރުމުގެ އާދަކާދަ ފުޅާކަށް ރަށްރަށަށް ހޯމް ސްޓޭ އާއި ގެސްޓްހައުސްތަކަށް ޒިޔާރަތްކުރާ ދިވެހިން އިތުރުކޮށްދީ ރަށްރަށަގެ ރައްޔުތުންނަށް ލިބޭ އާމްދަނީ އިތުރުކޮށްދިނުންކަމަށެވެ.
މި ފެސްޓިވަލްގައި ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތައް (އެރަށެއްގައި ހިމެނޭ ފަތުރުވެރިކަމާއި ގުޅުންހުރި ވިޔަފާރިތައް)، ބޭންކްތަކާއި އިންޝުއަރެންސް ކުންފުނިތައް، ފަތުރުވެރިކަމާއި ގުޅުންހުރި ޖަމިއްޔާ ޖަމައާތްތައް އަދި ފަތުރުވެރިކަމަށް ބޭނުންވާ އެންމެހާ ވަސީލަތްތައް ސަޕްލައި ކުރާ ވިޔަފާރިތަކަށް (އިމާރާތް ކުރުމަށް ބޭނުންވާ ސާމާނު، ފަރުނީޗަރު އަދި އެހެނިހެން ވަސީލަތްތައް) ބައިވެރިވެވޭނެ އެވެ.
މި ފެސްޓިވަލްއަށް، ޓްރެވަލް އެންޑް ޓުއަރ އޮޕަރޭޓާރުންނާއި ފަތުރުވެރިންނާއި ރިއަލްސްޓޭޓް އިންވެސްޓަރުނާއ ކޮންސްޓްރަކްޝަން ކޮންޓްރެކްޓަރުން އަދި އާންމު ރައްޔިތުން ޒިޔާރަތް ކުރާނެކަމަށް އެފަރާތުން ވިދާޅުވި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!