މިލަދުންމަޑުލު އުތުރު ބުރީ (ށ. އަތޮޅު) މިލަންދޫ ސްކޫލަށް، ސްޓޭޓް ޓްރޭޑީން އޯގަނައިޒޭޝަން (އެސްޓީއޯ) އިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

މިލަންދޫ ސްކޫލްގެ ރަސްމީ ފޭސްބުކް ޕޭޖުގައި އަދި ޓްވީޓާގައި ބުނެފައި ވަނީ އެ ސްކޫލަށް އެސްޓީއޯގެ ފަރާތުން ފަސް ކޮމްޕިއުޓަރު ސިސްޓަމް ހަދިޔާކޮށްފަ ވާކަމަށެވެ.

Ad
rt

އެހެންވެ، އެ ސްކޫލުން ވަނީ އެސްޓީއޯގެ މި އެހީތެރިކަމަށް ޝުކުރު އަދާކޮށްފައެވެ.

މި އެހީތެރިކަމާ ގުޅިގެން އެސްޓީއޯއިން ބުނީ މި އެހީތެރިކަން ދެވުނީތީ އުފާކުރާ ކަމަށެވެ. އަދި މި އެހީގެ ސަބަބުން ކުރިމަގުގައި މިލަންދޫ ސްކޫލަށާއި، އެ ސްކޫލްގެ ދަރިވަރުންނަށް އެހީތެރިކަން ލިބިގެންދާނެކަމަށް އުންމީދުކުރާކަމަށެވެ.

މި އެހީތެރިކަން ފޯރުކޮށްދީފައި ވަނީ އެ ކުންފުނީގެ ސީއެސްއާރުގެ ދަށުންނެވެ.

އެސްޓީއޯއަކީ އެ ކުންފުނީގެ ސީއެސްއާރުގެ ދަށުން މުޖުތަމައަށް ފައިދާކުރުވަނިވި ގިނަ ކަންކަމަށް ހޭދަކުރަމުން އަންނަ ކުންފުންޏެކެވެ.