އިންޑިއާ – މޯލްޑިވްސް ބިޒްނަސް ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެވަޑައިގެންފިއެވެ.

އިންޑިއާގެ މުމްބާއީގައި ބޭއްވި މި ފޯރަމަކީ ކޮންފެޑެރޭޝަން އޮފް އިންޑިއަން އިންޑަސްޓްރީ (ސީ.އައި.އައި) އިން އިންތިޒާމުކުރި ފޯރަމެކެވެ.

Ad
rt

''އިންޑިއާ – މޯލްޑިވްސް ބިޒްނަސް ފޯރަމް''ގެ ބޭނުމަކީ ދެ ޤައުމުގެ އިސް ވިޔަފާރިވެރިން އެއްތަނަކަށް އެއްވެ މަޝްވަރާކޮށް ދެ ޤައުމުގެ ދެމެދު ވިޔަފާރިއާ އިޤްތިޞާދީ ގުޅުންތައް ކުރިއަރުވާ އިތުރުކުރުން ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއްވާފަވެއެވެ.

ރައީސް ޞާލިޙްގެ އަރިހުގައި އިންޑިއާއަށް ވަޑައިގެންނެވި ސަރުކާރުގެ އިސްބޭފުޅުންނާއި، ރާއްޖޭގެ ވިޔަފާރިވެރިން ވެސް މި ބިޒްނަސް ފޯރަމްގައި ބައިވެރިވެވަޑައިގެންނެވިއެވެ.

މި ފޯރަމްގެ އިތުރުން އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ބޭއްވި ''އިންޑިއާ - މޯލްޑިވްސް ބިޒްނަސް ފޯރަމް''ގައި ވެސް ރައީސް ޞާލިޙް ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި އެ ފޯރަމްގައި އެމަނިކުފާނު ވަނީ ތަޤްރީރު ކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ މިހާރު އިންޑިއާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ އިންޑިއާގެ ބޮޑުވަޒީރުގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި މާލެ-ތިލަމާލެ ބްރިޖުގެ އަމަލީ މަސައްކަތް ފައްޓަވާފައިވާއިރު، ދެ ޤައުމުގެ ދެ މެދުގައި ގުޅުން ގާއިމު ކުރުމަށް ހަ އެއްބަސް ވުމެއްގައި ވެސް ވަނީ ސޮއިކޮށްފައެވެ.