ހދ ހަނިމާދޫން އިންޑިއާގެ ކޮޗިންއާ ދެމެދުގެ ދަތުރުތައް މިއަދު ފަށާނެއެވެ.
ދަތުރުތައް ފެށުމުގެ ގޮތުން މޯލްޑިވިއަން އިން ވަނީ ހަނިމާދޫގައި ތިއްބެވި ފަރާތްތަކަށް ހިލޭ ކޮޗިން އަށް ދާން ރަނުގެ ފުރުސަތެއް ދޭން ނިންމާފަ އެވެ. އެއީ ހާއްސަ ގޭމެއްގައި ބައިވެރިވެގެން ދިމާވާ ހަތަރު މީހަކަށް ކޮޗިން ދެ ކޮޅު ޓިކެޓު ލިބުމުގެ ފުރުސަތެވެ. މިހަރަކާތް ކުރިއަށް ދާނީ މިއަދު ހަވީރު 4:00 ގައި ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ޓާރމިނަލް ކުރިމަތީގައެވެ.
މި ގޭމު އިންތިޒާމުކޮށްފައިވަނީ ކަބަޑު ތަކެއް ބަހައްޓައި އޭގައި ޓިކެޓު ތަކެއް ހިމެނޭ ގޮތަށެވެ. މީގެ ތެރެއިން ކަބަޑެއްގައި ކޮޗިން ދެކޮޅު ޓިކެޓް އޮންނަ އިރު އެ ކަބަޑުތަކުގެ ތަޅުދަނޑި އެއާޕޯޓުގެ ޑިޕާޗާ ކައިރީގެ ކޮންވެސް ހިސާބެއްގައި ފޮރުވާފައި އޮންނާނެ އެވެ. މި ދެކޮޅު ޓިކެޓު ހުރި ކަބަޑު ހުޅުވޭ ފަރާތަކަށް ކޮޗިން އަށް ދާން ދެކޮޅު ޓިކެޓު ލިބޭނެއެވެ.
ކަބަޑު ހުޅުވައިގެން ކޮޗިންއަށް... މި ފަހަރު ހަނިމާދޫގައި.. pic.twitter.com/Chc86TKsGY
— Maldivian (@MaldivianAero) October 28, 2019
ހަނިމާދޫ އާއި ކޮޗިންއާ ދެމެދުކުރާ ދަތުރެއްގެ ޓިކެޓް 199 ޑޮލަރަށް ވިއްކާއިރު މާލެ އާއި ކޮޗިންއާ ދެމެދުގެ ޓިކެޓް އަގަކީ ދެކޮޅަށް 150 ޑޮލަރެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!