މާލޭގެ ގެއެއްގެ ތެރެއަށް ގްރޫޕަކުންވަދެ މާރާމާރީ ހިންގައި، އެ މާރާމާރީގައި ތިން މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ބަޔަކު ގްރޫޕް ހަދައިގެން މާލޭގެ ގެއަކަށްވަދެ މާރާމާރީ ހިންގާފައިވާކަމުގެ ރިޕޯޓު ރޭ 22:45 ގައި އެ އިދާރާއަށް ހުށަހަޅާފައިވާ ކަމަށެވެ.

Ad
rt

އެ ހާދިސާ ހިނގީ މާލޭ މާފަންނުގައި ހުންނަ ގެއެއްގައެވެ. އެ ހާދިސާގައި ތިން މީހަކަށް އަނިޔާވެ ހޮސްޕިޓަލްގައި ފަރުވާ ދީފައިވެއެވެ.

ފުލުހުން ވިދާޅުވީ މިހާދިސާގައި އަނިޔާ ލިބުނީ 23 އަހަރުގެ ފިރިހެނަކަށާއި، 35 އަހަރުގެ ރިފިހެނަކަށާއި އަދި 36 އަހަރުގެ ފިރިހެނަކަށް ކަމަށެވެ.

"އެމާރާމާރީއާއި ގުޅިގެ މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވޭ" ފުލުހުން ވިދާޅުވިއެވެ.

މި މައްސަލަ ފުލުހުން ގެންދަވަނީ ތަޙްޤީޤު ކުރައްވަމުންކަމަށް އެ އިދާރާއިން މައުލޫމާތު ދެއްވާފަވެއެވެ.