އަދާލަތުގެ އިލްމު ވެރިންގެ މަޖިލީހުން އިއްޔެ ނެރުނު ފަތުވާ އަށް، ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ފާޑުވިދާޅުވެއްޖެ އެވެ.
ޔޯގާ ހެދުން ނުވަތަ ހެދުމުގައި ބައިވެރިވުން ހުއްދަނުވާނެކަން ބަޔާންކޮށް ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ފަރާތުން “އިސްލާމީ ފިޤުހުވެރިންގެ މީޒާނުގައި ޔޯގާ” ތަފްޞީލީ، އިލްމީ ކަރުދާހެއް އެކުލަވާލާ އާންމުކޮށްފައިވަނީ އިއްޔެ އެވެ.
ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޔޯގާ އަކީ ޝިރުކެއް ކަމަށް ދަންނަ ބޭކަލުންގެ އިޖުމާއެއް ނެތް ކަމަށެވެ. އަދި ވަކި ބައެއްގެ ފަލްސަފާ އަކީ އިސްލާމް ދީނުގެ ހުކުމެއް ކަމަށް ބަލައިގަންނަން ދަތިކަމަށް، އަދާލާތު ޕާޓީ އަށް އިޝާރާތްކުރައްވައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
ދަންނަ ބޭކަލުންގެ އިޖްމާއު އަކީ ގުރުއާނާއި ސުންނަތުގައި ހުކުމެއް ނެތް ކަމަކަށް ދަންނަ ބޭކަލުންގެ އިއްތިފާގުން ހުކުމެއް ކަނޑައެޅުމެވެ.
މީގެ ކުރިންވެސް ރައީސް ނަޝީދު ވަނީ ޔޯގާ ހެދުމަކީ ހަރާމް ކަމެކޭ ކިޔައިގެން ސަލާމަތުގެ އައްސޭރިއަށް ނުދެވޭނެ ކަމަށް ވިދާޅުވެފަ އެވެ.
އެގޮތުން، ދިވެހިންނަކީ މިނިވަންކަމާއި އުފަލުގައި ދިރިއުޅެމުން އައި ބައެއް ކަމަށާއި ނަމަވެސް މިއަދު ނިކުމެ ރާއްޖޭގައި ޔޯގާ ހެދުމަކީ ހަރާމް ކަމެކޭ، ކަސްރަތު ކުރުމަކީ އިސްލާމްދީނާއި ހިލާފު ކަމެއް ކަމަށް ބުނެ ވާހަކަ ދައްކައި، އާންމު ދިރިއުޅުމަށް ބުރޫއަރުވަން މަސައްކަތް ފަށައިފިނަމަ ރާއްޖެ ސަލާމަތުގެ އައްސޭރިއަކަށް ނުދާނެ ކަމަށް، އެމްޑީޕީގެ 17 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވެފައިވެއެވެ.
ޔޯގާ އާ ގުޅޭ ގޮތުން ތަފްޞީލީ، އިލްމީ ކަރުދާސް “އިސްލާމީ ފިޤުހުވެރިންގެ މީޒާނުގައި ޔޯގާ” އަދާލަތުން ނެރުނު ކަރުދާހުގައި ބުނެފައިވަނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފާހަގަ ކުރެވޭ ޔޯގާ ދުވަހާއި ގުޅިގެން ދިވެހިރާއްޖޭގައިވެސް ދައުލަތުގެ ފެންވަރުގައި ރަސްމީކޮށް އެދުވަސް ފާހަގަ ކުރަމުންދާތީ ރައްޔިތުންނާއި ދީނީ ޢިލްމުވެރިންގެ ފަރާތުން ކަންބޮޑުވުންތަކެއް ފެންމަތިވެފައިވާކަމަށާއި، މިކަމާގުޅިގެންނާއި، އަދި ދިވެހިރާއްޖޭގެ ރައްޔިތުންގެ ތެރޭގައި ކޮންމެވެސް ވަރަކަށް ޔޯގާގެ ޙަރަކާތްތައް ކުރިއަށް ދާތީ، ދީނީ ގޮތުން މިފަދަ ކަންކަން އޮންނަ ގޮތާއި އޭގެ ޢިލްމީ ތަފްސީލުތައް އެނގުމަކީ މުހިއްމު ކަމެއްކަމުކަމުގައި ވާތީ ޢަދާލަތުޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ފަރާތުން ކަރުދާހެއް ތައްޔާރުކޮށްފައިވާ ކަމަށެވެ.
އެކަރުދާހުގައި ބުނެފައިވަނީ، ބަވަނަވެފައިވާ މިއަދުގެ ދުނިޔޭގައި އެކި ދީންތަކާއި ޤައުމުތަކުގެ ޘަޤާފަތްތައް އެއް ގައުމުން އަނެއް ގައުމަށް އަންނަމުންދާ ހިނދު އަޅުގަނޑުމެން ފަދަ ސައްތައިން ސައްތަ މުސްލިމު މުޖުތަމަޢަށް އަންނަ އާދަކާދަތަކާއި ޘަޤާފަތްތަކަކީ އިސްލާމްދީނާ ފުށުއަރާ ކަމެއްކަމުގައި ވިޔަދީގެން ނުވާނެކަމަށެވެ.
މި ދިރާސާގެ އަލީގައި ޔޯގާގެ ޙަރަކާތްތަކާއި ޢަމަލުތަކުގެ އަސްލަކީ ހިންދޫ ދީނުގެ ކަމެއްކަން ސާފުވެ ބަޔާންވެގެން ދާކަމަށް ބުނެފައިވެއެވެ.
ޔޯގާ ހެދުން ނުވަތަ ހެދުމުގައި ބައިވެރިވުން ހުއްދަނުވާނެ: ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލިސް
ޔޯގާ ހެދުން ނުވަތަ ހެދުމުގައި ބައިވެރިވުން ހުއްދަނުވާނެ: ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލިސް
ނަޝީދުގެ އެ ޓްވީޓަށް ބައެއް އިލްމުވެރިންގެ ފާޑުކިޔުން އަމާޒުވެފައިވާއިރު، ދީނީ ކަންކަމުގައި ބަސް ބުނުމުގެ ހުއްދަ ނެތި ރައްޔިތުންނަށް އޮޅޭގޮތަށް އަމަލުކުރައްވާފައިވާތީ ރައީސް، މުހައްމަދު ނަޝީދަށް ފިޔަވަޅު އަޅަން އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނައިބު ރައީސް ޑރ.މުހައްމަދު އިޔާޒުވަނީ ގޮވާލައްވާފަ އެވެ.
އިޔާޒު ވިދާޅުވީ ދީނީ ކަންކަމުގައި ބަސްބުނުމުގެ ލައިސަންސް ނެތި، މީސްތަކުންނަށް ޙައްޤާއި ބާޠިލް އޮޅޭފަދަ ގޮތަކަށް ނަޝީދު އަމަލުކުރައްވާފައިވާ ކަމަށެވެ. އަދި އެކަމުގައި ނަޝީދަށް ފިޔަވަޅު އެޅުމަށް އިޔާޒު ވަނީ އިސްލާމިކް މިނިސްޓްރީ އަށް ގޮވާލާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!