ކުޑަގިރީގައި ފެނަކަ ކޯޕަރޭޝަނުން ގާއިމުކުރި އިންޖީނުގެ ނިންމާ، ނެޓްވޯކަށް ރަސްމީކޮށް ކަރަންޓް ދޭން ފަށައިފިއެވެ.
މިއަދު އެ ރަށަށް ވަޑައިގެން މި ހިދުމަތް ފައްޓަވައިދެއްވީ ނައިބުރައީސް ފައިސަލް ނަސީމެވެ.
މިއީ މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ދަތުރު ދިއުމަށް ސަރުކާރުން ތަރައްގީ ކުރައްމުން އަންނަ ކުޑަގިރީގައި، އެރަށަށް ބޭނުންވާ ކަރަންޓު އުފެއްދުމަށް ފެނަކައިން އިމާރާތްކުރި އިންޖީންގެއެކެވެ.
މި އިންޖީނުގޭގައި 350 ކިލޯވޮޓުގެ ގެ ކަރަންޓު އުފެދޭނެ ކެޕޭސިޓީ ހުންނާނެ ކަމަށާއި މިއީ އެންމެ ޒަމާނީ ވަސީލަތްތަކާއި އެކު އިމާރާތް ކުރެވިފައިވާ އިންޖީނުގެއެއް ކަމަށް ފެނަކައިން ބުންޏެވެ.
މި އިންޖީންގެއާއި އެކު 50,000 ލީޓަރު ގެ ތެޔޮ ރައްކާކުރާ ވަސީލަތް ވެސް ގާއިމް ކުރެވިފައިވާ ކަމަށް ފެނަކައިން ބުންޏެވެ.
މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ދަތުރު ދިއުމަށް ސަރުކާރުން ތަރައްޤީ ކުރައްވަމުން ގެންދަވާ ކުޑަގިރީގައި، އެރަށަށް ބޭނުންވާ ކަރަންޓު އުފެއްދުމަށް ފެނަކައިން އިމާރާތްކުރި އިންޖީންގެ ނިމިފައި. pic.twitter.com/pLJs5didAu
— Fenaka Corporation Ltd (@TeamFenaka) July 25, 2022
ފެނަކައިން މިހާރުވަނީ، ކުޑަގިރިއަށް ބޭނުންވާ ކަރަންޓުގެ 70 އިންސައްތަ އަވިން އުފެއްދޭނެ ވަސީލަތް ގާއިމް ކުރުމުގެ މަސައްކަތް ފަށާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!