ހދ.ނޮޅިވަރަންފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން އިސްނަގައިގެން ދާރުލް ޤުރުއާނާއި ގުޅިގެން ސެޓްފިކެޓް ލެވެލް އެކެއްގެ ޒަނާޒާ ކޯހެއް އެ ރަށުގައި ހިންގުމަށް ނިންމައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އެއްމަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ކޯސް ވަނީ ދެ ޖިންސައް ވެސް ހާއްސަ ކޮށްފައެވެ. ކޯހުގައި ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުން 24 ޖުލައި 2022 ވަނަ ދުވަހުން ފެށިގެން 09 އޯގަސްޓް 2022 ގެ ނިޔަލަށް ނަންނޯޓް ކޮށް ނިންމެވުމަށް އެ ކޮމެޓީން އެދިލައްވައެވެ.

Ad
rt

ކޯހުން ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ ފުރަތަމަ ނަން ނޯޓްކުރާ 15 ބައިވެރިންނަށެވެ. ކޯހުގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފް ކޮޕީއެއް ހިއްޕަވައިގެން ނޮޅިވަރަންފަރު ކައުންސިލް އިދާރާއަށް ވަޑައިގެން ނަންނޯޓް ކުރެއްވުމަށް އެ ކޮމެޓީން އެދިލައްވައެވެ.

މި ކޯހާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް ބޭނުންފުޅުވާ ފަރާތްތަކުން ނޮޅިވަރަންފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާ ނަޒްމީނާ އަހްމަދަށް ގުޅުއްވުމަށް އެ ކޮމެޓީން އެދިލައްވައެވެ.

ފޯން: 9534333

މީގެ ކުރިން ނޮޅިވަރަންފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ އާއި ދާރުލް ޤުރުއާން ގުޅިގެން އެރަށުގައި ވަނީ ޖަނާޒާ ވޯކްޝޮޕެއް ބާއްވާފައެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ބޭއްވި މި ވޯކްޝޮޕްގައި އެރަށުގެ ދެ ޖިންސްގެ 30 ބައިވެރިއަކު ވަނީ ބައިވެރިވެ ތަމްރީން ހޯދާފައެވެ. އަދި މީގެ އިތުރުން މި ވޯކްޝޮޕްގައި ދާރުލް ޤުރުއާންގެ ކުޅުދުއްފުށީ ކެމްޕަހުގައި ޖަނާޒާ ލެވެލް 2 ގެ ކޯސް ފުރިހަމަ ކުރަމުން ދިޔަ 16 ބައިވެރިން ވެސް ވަނީ ބައިވެރިވެފައެވެ.