މިއަހަރު ޙައްޖަށް ދިޔަ ދިވެހި ޙައްޖުވެރިންގެ ދެވަނަ ގްރޫޕް މިއަދު ރާއްޖެ އަތުވެއްޖެއެވެ.

ރާއްޖެއިން މިއަހަރު ޖުމްލަ 453 ޙައްޖުވެރިން ޙައްޖުގެ އަޅުކަން އަދާކުރުމަށް ދިޔައެވެ. އެ ޙައްޖުވެރިން ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ ތިން ދުވަހެއްގެ މަތިންނެވެ.

Ad
rt

ހައްޖުވެރިންގެ ފުރަތަމަ ގްރޫޕް ރާއްޖެއައީ ޖުލައި 20 ވަނަ ދުވަހުއެވެ. އެއީ 157 ޙައްޖުވެރިންނެވެ. މިއަދު އައި ދެވަނަ ގްރޫޕްގައި 175 ޙައްޖުވެރިން އައިސްފައި ވެއެވެ.

ޙައްޖުވެރިންގެ ތިން ވަނަ ގްރޫޕް ރާއްޖެ އަންނާނީ އަންނަ ބުދަ ދުވަހުއެވެ. މި ފްލައިޓްއިން އަންނާނީ ޖުމްލަ 117 ޙައްޖުވެރިންނެވެ.

މިއަހަރު ޙައްޖުވެރިން ރާއްޖެ އައުމުން ކަންކަން ފަސޭހަކޮށްދިނުމަށް ޚާއްސަ އިންތިޒާމުތަކެއް ސަރުކާރުން ވަނީ ހަމަޖައްސާފައެވެ.

މި އަހަރު އަމީރުލް ޙައްޖަކީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީއެވެ. އެމަނިކުފާނު ރާއްޖެވަޑައިގަތީ ޖުލައި 20 ވަނަ ދުވަހުއެވެ.

މިއަހަރުގެ ހައްޖަށް ރައީސް ޞާލިޙްގެ ދެ ކަނބަލުން ވެސް ވަޑައިގަތެވެ.