ށ. ނަރުދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ "ނަރުދޫ ކައުންސިލް ފުޓްސަލް މުބާރާތް 2022" އިއްޔެ ފަށައިފިއެވެ.
މި މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތު ވަރަށް ކުލަގަދަކޮށް ކުރިއަށް ގެންގޮސްފައިވާއިރު މުބާރާތުގެ ޝަރަފްވެރި މެޚްމާނަކީ ށ. އަތޮޅު ކައުންސިލްގެ ރައީސް އަޙްމަދު ޝިޔާމެވެ.
މުބާރާތް ހުޅުވުމުގެ ގޮތުން އިއްޔެ ހަވީރު ކުޅެވުނު މި މުބާރާތުގެ ފުރަތަމަ މެޗްގައި ބައްދަލުކުރީ ފިއުރިއަސް އާއި ބްލެކް ކޯނާ އެވެ. މި މެޗް ނިމުނީ 2-2 ލަނޑުން އެއްވަރު ވެގެންނެވެ.
މި މެޗްގައި ފިއުރިއަސް އަށް ގޯލްތައް ކާމިޔާބު ކޮށްދިނީ ފާރިޝް އަދި އިބްރާހިމް ޝިފާޒެވެ. ބްލެކް ކޯނާގެ ދެ ލަނޑުވެސް ޖަހައިދިނީ އަހްމަދު ފިރާޝްއެވެ. މެޗްގެ ކިންގް އޮފް ދަ މެޗްގެ މަގާމު ހޯދީ ވެސް ފިރާޝް އެވެ.
މި މުބާރާތުގެ ދެ ވަނަ މެޗް ކުޅުނީ ރޭގައެވެ. މި މެޗްގައި އެފްސީ ސީނިއާގެ މައްޗަށް އަމިގޯސް ވަނީ 10-0 އިން ބޮޑު މޮޅެއް ހޯދާފައެވެ.
މި މެޗްގައި އަމިގޯސްގެ އަބުދުލް މުހައިމިން މޫސާ ވަނީ 7 ލަނޑު ކާމިޔާބުކޮށް ދީފައެވެ. ބާކީ ދެ ލަނޑު ޖަހައިދިނީ މުހައްމަދު ނާއިޒް އަދި އަލީ ރަމްޒީ އެވެ. މެޗްގެ ކިންގް އޮފް ދަ މެޗްގެ މަގާމު ހޯދީ ހަތް ގޯލު ޖަހައިދިން މުހައިމިން އެވެ.
މި މުބާރާތުގެ މެޗުތައް ދެން އޮންނާނީ މާދަމާއެވެ. މާދަމާ ހަވީރުކުޅޭ މެޗްގައި ބައްދަލުކުރާނީ އެފްސީ ދޯކާ އަދި ފިއުރިއަސްއެވެ. ރޭގަނޑުގެ މެޗްގައި ބައްދަލުކުރާނީ ލެއިޓް ވޯލްސް އަދި އަމިގޯސް އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!