ހއ. އަލިދޫ ރިސޯޓްގެ އިންޝުއަރެންސަށް 22 މިލިއަން ޑޮލަރު (330 މިލިއަން ރުފިޔާ) ހޯދުމުގެ މައްސަލަ ޔޮޓް ޓުއާސް ކުންފުނިން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.
މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ޔޮޓް ޓުއާސް ކުންފުނިން ދައުވާކުރަނީ 2014 ވަނަ އަހަރު އެ ކުންފުނިން އެ ރިސޯޓް ހިންގިއިރު މޫސުން ގޯސްވެގެން ލިބުނު ގެއްލުންތަކަށް އިންޝުއަރެންސްގެ ގޮތުގައި 22 މިލިއަން ޑޮލަރު ހޯދުމަށެވެ.
ސިވިލް ކޯޓުން މައްސަލަ ކާމިޔާބުވެ، 22 މިލިއަން ޑޮލަރު ދޭން އެލައިޑްގެ މައްޗަށް އަންގާފައި ވަނިކޮށް ހައި ކޯޓުން ދާދިފަހުން ވަނީ އެ ހުކުމް ބާތިލްކޮށްފަ އެވެ.
އެ މައްސަލަ އިސްތިއުނާފްކުރަން ޔޮޓް ޓުއާސް ކުންފުނިން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގަތުމާ މެދު އެ ކޯޓުން އަދި ގޮތެއް ނުނިންމަ އެވެ.
އަލިދޫ ރިސޯޓްގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 29 މިލިއަން ޑޮލަރު (400 މިލިއަނަށް ވުރެ ގިނަ ރުފިޔާ) ޔޮޓް ޓުއާސް ކުންފުނިން ދައުލަތަށް ދައްކަން ޖެހޭނެ ކަމަށް ހައި ކޯޓުން ހުކުމެއް ކޮށްފައި އެބައޮތެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!