މި އަހަރުގެ މިނިވަންދުވަހާ ގުޅިގެން ކުރިންވެސް ހަމަޖައްސަވާފައިވާ ގޮތަށް މިމަހުގެ 28 ވަނަ ދުވަހު ސަރުކާރު ބަންދުވާނެކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މިނިވަން ދުވަހަކީ ޖުލައި މަހުގެ 26 ވަނަ ދުވަހެވެ. އެ ދުވަހާއި ގުޅިގެން މި މަހުގެ 27 ވަނަ ދުވަސް ވެސް ވަނީ ބަންދު ދުވަހެއްކަމުގައި ހަމަޖައްސަވާފައެވެ.

Ad
rt

ރައީސް އޮފީހުން މިއަދު ވިދާޅުވީ، މި އަހަރުގެ މިނިވަންދުވަހާ ގުޅިގެން، ކުރިންވެސް ހަމަޖައްސަވާފައިވާ ގޮތުގެ މަތިން ސަރުކާރު ބަންދުވާނީ ޖުލައި މަހުގެ 28 ވާ ބުރާސްފަތި ދުވަހުކަމަށެވެ.

އަދި ޖުލައި މަހުގެ 24 ވަނަ ދުވަހާއި 25 ވަނަ ދުވަހު ސަރުކާރު ބަންދުކުރައްވާ ގޮތަށް ހަމަޖެހިފައެއް ނުވާކަމަށް ވިދާޅުވިއެވެ.

ރައީސް އޮފީހުން ވިދާޅުވީ، މިނިވަންދުވަހާ ގުޅިގެން 26 ޖުލައި ވާ އަންގާރަ ދުވަހުން ފެށިގެން ސަރުކާރު ބަންދުވުމަށްފަހު އޮފީސްތައް ދެން ހުޅުވޭނީ ޖުލައި މަހުގެ 31 ވާ އާދީއްތަ ދުވަހު ކަމަށެވެ.