އެއްވެސް މީހަކަށް ވަކިން ޚާއްޞަކޮށް ދީނީ އިލްމުވެރިންނަށް އަނިޔާވެރި ނުވާ ކަމުގައި ހޯމް މިނިސްޓަރ އަދި އަދާލަތު ޕާޓީގެ ރައީސް ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ޔޯގާ މައްސަލައާ ގުޅިގެން ފުލުހުން ބަންދުކުރި ޢިލްމުވެރިންނަށް ސަރުކާރުން އަނިޔާވެރި ވަމުން ގެންދާ ކަމަށް ބުނެ ފާޑު ކިޔަމުން ގެންދާ ފަރާތްތަކަށް ރައްދު ދެއްވައި މިނިސްޓަރު ޢިމްރާން ޢަބްދު ވިދާޅުވީ މާތް ﷲ އިރާދަ ކުރެއްވިއްޔާ އެއްވެސް މީހަކަށް، ވަކިން ޚާއްޞަކޮށް ދީނީ ޢިލްމުވެރިއަކަށް އަނިޔާ ނުކުރާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އަނިޔާ ލިބޭ މީހުންގެ ދުޢާއިން ރައްކާތެރިވުމަށް އަބަދުވެސް ފުލުހުންނަށާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުންނަށް އިލްތިމާސް ކުރައްވަމުން ގެންދަވާ ކަމަށެވެ.
މިނިސްޓަރ މިހެން ވިދާޅުވި ނަމަވެސް ޔޯގާ ދުވަހުގެ ހަމަނުޖެހުން ތަކާއި ގުޅިގެން ފުލުހުން ބަންދުކޮށްގެން ގެންގުޅޭ ދެ ޢިލްމުވެރިން ބަންދު ކޮށްގެން ގެންގުޅެނީ ސަރުކާރުގެ އަނިޔާވެރިކަމުން ކަމަށް ބުނެ އެތައް ބަޔަކު އަންނަނީ މީސްމީޑިޔާގައި ނުރުހުން ފާޅު ކުރަމުންނެވެ.
ޔޯގާ ހަރަކާތާ ދެކޮޅަށް ބޭއްވި މުޒާހަރާ އާއި ގުޅިގެން ހައްޔަރު ކޮށްފައިވާ މީހުން ތިބި ކަސްޓޯޑިއަލްއަށް ޖަލަށް އިންޑިއާގެ އޮފިޝަލުންތަކެއް ވަދެފައިވާ ކަމަށް ބުނާ ވާހަކަ ތަކެއްވެސް ދާދި ފަގުން ފެތުރިގެން ގޮސްފައެވެ.
އެހެން ނަމަވެސް އެ ވާހަކަތައް ފުލުހުން ވަނީ ދޮގުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!