ގިނަ އަދަދެއްގެ ކުޑަކުދިންތަކެއް ގޮވައިގެން ދަތުރުގޮސް އުޅުނު ބަޔަކު، ހާލުގައި ޖެހުމުން އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ފޯތު ސްކޮޑްރަންއިން އެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ.
ގދ.ކޮޑެގަލައަށް ދަތުރު ގޮސްތިބީ 8 ކުޑަކުދިންނާއި، 5 އަންހެނުންނާއި، 4 ފިރިހެނުން ނެވެ. އެމްއެންޑީއެފް ކޯސްޓްގާޑު ފޯތު ސްކޮޑްރަންގެ ސީ އެމްބިއުލާންސްގައި މިއަދު 16:55 ހާއިރު ގދ.ގައްދޫއަށް ގެންގޮސްދީފައިވާކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.
އެމްއެންޑީއެފް އިން ބުނީ ގދ.ކޮޑެގަލައަށް ދަތުރުގޮސް އުޅުނު އެ އެންމެންގެ ހާލު ވެސް ރަނގަޅުކަމަށެވެ.
އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދިނީ މޫސުން ގޯސްވުމުގެ ސަބަބުން އަނބުރާ ރަށަށް ނުދެވި އެހީތެރިކަމަށް އެދުމުންކަމަށްވެސް އެމްއެންޑީއެފް އިން ބުންޏެވެ.
މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ފޯތު ސްކޮޑްރަންއަށް ލިބުނީ މިއަދު 15:47 ހާއިރުއެވެ.
ހާދިސާގެ މަޢުލޫމާތު ލިބުމާއެކު ސަދަން އޭރިއާ ކޯސްޓްގާޑު ފޯތު ސްކޮޑްރަންގެ ސިފައިން ވަނީ ހަރަކާތްތެރިވެފަ އެވެ.
ކޮޑެގަލަ އަކީ ގައްދޫ އާއި 7 ވަރަކަށް މޭލު ދުރުގައި އޮންނަ ފަޅުރަށެކެވެ.
މިދުވަސް ވަރަކީ މުސުން ގޯސް ދުވަސްވަރަކަށް ވާތީ މޫސުމަށް ސަމާލުކަން ދިނުމަށް ކަމާބެހޭފަރާތްތަކުން އަންނަނީ އިލްތިމާސްކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!