ވީއެސްއާރްސީ އިން އިންތިޒާމްކޮށްގެން ހދ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ ވޮލީބޯލް މުބާރާތުގެ 2 މެޗު އިއްޔެވެސް ކުޅެފިއެވެ.

ފިނޭ ޒުވާނުންގެ ވޮލީ ކޯޓުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ބައްދަކުރީ ނޮޅިވަރަމްފަރު ސްޕޯޓްސް ކްލަބާއި އާއި ޓީމް ކުޅުދުއްފުއްޓެވެ. މިމެޗު ސީދާ 3 ސެޓުން ކާމިޔާބު ކުރީ ނޮޅިވަރަމްފަރު ސްޕޯޓްސް ކްލަބެވެ. މެޗުގެ ފުރަތަމަ ސެޓު ނޮޅިވަރަމްފަރު ސްޕޯޓްސް ކްލަބް 17-25 އިން ކާމިޔަބު ކުރިއިރު ދެވަނަ ސެޓު ނޮޅިވަރަމްފަރު ސްޕޯޓްސް ކްލަބް އިން ކާމިޔާބުކުރީ 16-25 އިންނެވެ. މެޗުގެ 3 ވަނަ ސެޓު ނޮޅިވަރަމްފަރު ސްޕޯޓްސް ކްލަބްއިން 22-25 އިން ކާމިޔާބުކުރި ނަމަވެސް މިސެޓުގައި ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވެއެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ނޮޅިވަރަމްފަރު ސްޕޯޓްސް ކްލަބް ގެ އަލީ ހުޒާމް އެވެ.

Ad
rt

މި މުބާރާތުގެ 4 ވަނަ މެޗު ކުޅެފައިވަނީ ރޭގައެވެ. މި މެޗުގައި ބައްދަލުކުރީ ޓީމް ހަނިމާދޫ އަދި ވައިކަރަދޫ ވިޔެސް އެވެ. މިމެޗު 3 ސެޓު 1 ސެޓުން ކާމިޔާބު ކުރީ ޓީމު ހަނިމާދޫ އެވެ. މެޗުގެ ފުރަތަމަ ސެޓު 21-25 އިން ޓީމް ޓީމް ހަނިމާދޫ އިން ކާމިޔާބު ކުރިއިރު ދެ ވަނަ ސެޓުގައި ވިޔެސް އިން ވަނީ ކުޅުން ރަނގަޅު ކޮށްފައެވެ. ދެވަނަ ސެޓު 18-25 އިން ކާމިޔާބުކުރީ ވައިކަރަދޫ ވިޔެސް އެވެ. މެޗުގެ 3 ވަނަ ސެޓު ފަސޭހަކަމާއި އެކު ޓީމް ހަނިމާދޫ އިން ކާމިޔާބު ކުރީ 12-25 އިން ނެވެ. މެޗުގެ 4 ވަނަ ސެޓު 18-25 އިން ކާމިޔާބު ކޮށް މެޗު ކާމިޔާބުކުރީ ޓީމް ހަނިމާދޫ އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޓީމު ހަނިމާދޫގެ ސޯދިޤު މޫސަ އެވެ.

މި މުބާރާތުގެ 2 މެޗު މިއަދުވެސް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މިއަދު ހަވީރު 16:00 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ޓީމް ފިނޭ އަދި ޓީމް ނޮޅިވަރަމް އެވެ. މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ޓީމް ކުޅުދުއްފުށި އަދި ވައިކަރަދޫ ވިޔެސް އެވެ.

މުބާރާތުގެ މެޗުތަށް ވީއެސްއާރްސީ ގެ ފޭސްބުކް ޕޭޖު އިން ދަނީ ލައިވް ކުރަމުންނެވެ.