•  
  •  
  •  
  •  
  •  
  •  

ޓްރަމްޕް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ ”ވަރަށް ބޮޑު ކަމެއް ދެންމެ ހިނގައިފި“ ކަމަށެވެ. އެއާއެކު އެތައް ބަޔަކު ވަނީ އެއީ ކޮން ކަމެއް ކަން ސާފުކުރަން މަސައްކަތްފަށާފައެވެ.

ހަމަ އެއާއެކު ވައިޓް ހައުސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ނިއުޔޯކް ގަޑިން، އާދިއްތަ ދުވަހުގެ 9:00 ޖަހާއިރު ”ބޮޑު“ ޚަބަރެއް އިއުލާނުކުރާނެ ކަމަށެވެ. އެއީ ރާއްޖޭ ގަޑިން މިރޭ 6:00 އެވެ.

ބޭރުގެ ބައެއް ނޫސްތަކުން ބުނަމުން ދަނީ އެއީ އެމެރިކާގެ އަސްކަރިއްޔާއިން ސީރިއާގެ އިދްލިބްގައި ހިންގި އޮޕަރޭޝަނެއްގައި ބަޣްދާދީ ހައްޔަރުކޮށް މަރާލާފައިވާ ކަމަށެވެ.

އެމެރިކާގެ އަސްކަރިއްޔާގައި ހަރަކާތްތެރިވާ ފަރާތެއް ފޮކްސް ނިއުސް އަށް ކަށަވަރުކޮށްދީފައިވާގޮތުގައި އައިއެސްގެ ”މުހިއްމު އިސް“ ފަރާތެއް ވަނީ މަރާލާފަ އެވެ. ނަމަވެސް އެ އޮޕަރޭޝަންގައި މަރާލާފައިވާ މީހެއްގެ މައުލޫމާތެއް އެމެރިކާގެ އަސްކަރިއްޔާއިން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

އަސްކަރީގައި ހަރަކާތްތެރިވާ ފަރާތާ ހަވާލާދީ ފޮކްސް ނިއުސް އިން ބުނެފައިވަނީ އަސްކަރީ އޮޕަރޭޝަން ކުރިއަށްދަނީ ސީރިއާގެ އަވަށެއް ކަމަށްވާ އިދްލީބްގައި ކަމަށެވެ.

ޚިޔާލު

Your email address will not be published.

More in ދުނިޔެ