މަދަނީ ޖަމިއްޔާތަކުގެ ރަޖިސްޓްރާގެ މަގާމަށް އަލީ ޝަކީލް އައްޔަނުކުރައްވައިފި އެވެ.

ޖަމިއްޔާތަކުގެ ރަޖިސްޓްރާގެ މަގާމަކީ ޖަމިއްޔާތަކުގެ ގާނޫނުގެ ދަށުން ރައީސުލްޖުމްހުރިއްޔާ އައްޔަނުކުރައްވާ މަގާމެކެވެ.

Ad
rt

އއ. ފެރިދޫއަށް ނިސްބަތްވެ ވަޑައިގަންނަވާ އަލީ ޝަކީލު ނުވަތަ އާންމު ނަމުންނަމަ ފެރިދޫ އަމީރު އެ މަޤާމަށް އައްޔަނު ކުރަށްވާފައި ވަނީ ޢީދު ބަންދުގެ ކުރިންނެވެ.

އޭގެ ކުރިން އޭނާ ވަޒީފާ އަދާކުރައްވަމުން ގެންދެވީ އެވިޑް ކޮލެޖްގެ ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒްގެ ސީނިއާ ކޯޑިނޭޓަރުގެ މަޤާމުގައެވެ. އެ ފެކަލްޓީ ހިންގެވުމުގައާއި އުނގަންނަވައި ދެއްވުމުގައި އޭނާ ވަނީ ދިގު މުއްދަތަކަށް އިސް ދައުރެއް އަދާކުރަށްވާފައެވެ.

ޝަކީލް ވަނީ އިސްލާމިކް ސްޓަޑީޒް އިން މާސްޓާސް ޑިގްރީ ހާސިލް ކުރައްވާފައެވެ. މީގެ އިތުރުން ބެޗްލަރ އޮފް (އޮނަރސް) އިސްލާމިކް ޝަރީޢާ އަދި ބެޗްލަރ އޮފް (އޮނަރސް) އިން ދިރާސަތުލް އިސްލާމިއްޔާ ހާސިލް ކުރައްވާފަވެއެވެ.

ޝަކީލަކީ ލޯކަލް ކައުންސިލްތަކުގެ ދެ ވަނަ ދައުރުގައި އެމްޑީޕީގެ ޓިކެޓްގައި އއ. އަތޮޅު، އަތޮޅު

ކައުންސިލް މެންބަރެއްގެ މަޤާމު ފުރުއްވި ބޭފުޅެކެވެ. އަދި އެމްޑީޕީގެ މަތިވެރި ދާއިރާގެ ނައިބު ރައީސްގެ މަޤާމުވެސް ފުރުއްވިއެވެ.

މީގެ އިތުރުން އޭނާ ވަނީ ބައެއް ކުންފުނިތަކުގެ އިސް މަގާމުތައް ވެސް އަދާކުރަށްވާފަވެއެވެ.