ހައްޖުގެ އަޅުކަމަށްފަހު ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުހައްމަދު ޞާލިޙް ދެކަނބަލުން މިރޭ މާލެ ވަޑައިގެންފިއެވެ.

ރައީސުލްޖުމުހޫރިއްޔާގެ ދެކަނބަލުން މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް މައްކާއަށް ވަޑައިގެންނެވީ، މިހިނގާ ޖުލައި މަހުގެ 4 ވަނަ ދުވަހުގައެވެ.

Ad
rt

ރައީސްގެ ދަތުރުފުޅުގެ ތެރެއިން ސައޫދީގެ ކޮމާސް މިނިސްޓަރާ ބައްދަލު ކުރައްވައި ދެ ޤައުމުން ވިޔަފާރީގެ ރޮނގުން އިތުރަށް ގުޅުން ބަދަހި ކުރުމާއި ގުޅޭގޮތުން ވަނީ މަޝްވަރާ ކުރަށްވާފައެވެ.

މީގެއިތުރުން ރައީސްގެ ދެކަނބަލުން ވަނީ މިއަހަރު ހައްޖަށް ދިޔަ ދިވެހި ހައްޖާޖީންނާ މިނާގައި ބައްދަލުކުރައްވައި ހައްޖާޖީންގެ ހާލުވަނީ ބައްލަވާފައެވެ.

ޙައްޖުގެ އަޅުކަމަށްފަހު ރައީސްގެ ދެކަނބަލުން މިހާރު މާލެ ވަޑައިގެންފައިވާއިރު، ރާއްޖެއަށް ލިބުނު ކޯޓާގައި މިފަހަރު ޙައްޖަށް ދިޔަ ދިވެހިން މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން އަންނަން ފަށާނެއެވެ.