ނާސާއިން މިދިޔަ ޖެނުއަރީ މަހު ޖައްވަށް ފޮނުވާލި ޖޭމްސް ވެބް ސްޕޭސް ޓެލެސްކޯޕު (ޖޭޑަބްލިޔުއެސްޓީ) އިން ނެގި ފުރަތަމަ ފޮޓޯތައް އާންމުންނަށް ހިއްސާކޮށްފި އެވެ.
އެމެރިކާގެ ވައިޓް ހައުސްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ކާއިނާތުން މިހާތަނަށް ފެނިފައިނުވާ މަންޒަރުތަކުގެ ފުރަތަމަ ފޮޓޯ އާންމުކޮށް ދައްކާލީ އެމެރިކާގެ ރައީސް ޖޯ ބައިޑެން އެވެ. މި ފޮޓޯ ތަކަކީ މިހާތަނަށް ކާއިނާތުގެ އެންމެ ފުނުން ނެގި ފޮޓޯތައްކަމަށް ނާސާއިން ބުނެއެވެ.
މުޅިން އަލަށް ޖައްވަށް ފޮނުވާފައިވާ ޖޭމްސް ވެބް ޓެލެސްކޯޕަކީ އެމެރިކާ، ޔޫރަޕު އަދި ކެނެޑާގެ ޖައްވީ އިދާރާތައް ގުޅިގެން ހިންގާ، މިހާތަނަށް 10 ބިލިއަން ޑޮލަރަށް ވުރެ ގިނައިން ހަރަދުވެފައިވާ މަޝްރޫއު އެކެވެ. ވަށަމިނުގައި 6.5 މީޓަރުގެ ލޯގަނޑެއް ހުންނަ މި ޓެލެސްކޯޕުން ކާއިނާތުގައި އެންމެ ފުރަތަމަ ފިޔަޖަހަން ފެށި ތަރިތަކުގެ ފޮޓޯ ނަގަން ސައިންސްވެރިން ބޭނުންވެ އެވެ.
އެސްއެމްއޭސީއެސް 0723
ނާސާއިން އެންމެ ފުރަތަމަ ދައްކާލާފައިވަނީ ގެލެކްސީތަކުގެ ތެރެއިން SMACS 0723 ގެ ނަން ދީފައިވާ ގެލެކްސީން ކުޑަކުޑަ ތަންކޮޅެކެވެ. އާންމުންނަށް ތިލަވާނޭހެން ސިފަކޮށްދިނުމަށް ނާސާ އިން ބުނެފައިވަނީ، މިއީ އިންސާނެއްގެ އަތުކޮޅަށް ވެލިފުކެއް ނަގައި އެޔަށް ބަލައިލުމުން ޖައްވު ތެރެއިން ފޮރުވޭހާ ކުޑަކުޑަ ޖާގަޔަކުން ފެންނަ މަންޒަރުކަމަށެވެ.
Space is lovely, dark and deep. You're looking at the deepest infrared image of the universe ever taken—the first full-color image from @NASAWebb.
Go deeper on the galaxies of SMACS 0723 at https://t.co/63zxpNDi4I #UnfoldTheUniverse pic.twitter.com/YS8JZI3KqM
— NASA (@NASA) July 12, 2022
މިގެލެކްސީތައް އުފެދުނު ކަމަށް ބެލެވިފައިވަނީ ގާތްގަނޑަކަށް 4.6 ބިލިއަން އަހަރު ކުރިން ނެވެ. މިއީ 7،600 އަލި އަހަރު ދުރުގައި އޮތް ހިސާބެކެވެ. ފޮޓޯގައިވާ އެންމެ ދުރު ގެލެކްސީތަކަކީ 13 ބިލިއަނަށް ވުރެ ގިނަ ދުވަސްވީ ގެލެކްސީތަކެއްކަމަށް ނާސާއިން ބުނެއެވެ.
އެންޖީސީ 3132 ނުވަތަ ސަދަން ރިންގް ނެބިއުލާ
މިއީ، އެންޖީސީ 3132 ނުވަތަ ސަދަން ރިންގް ނެބިއުލާގެ ނަމުން މަޝްހޫރު މި ޕްލެނެޓަރީ ނެބިއުލާގެ އެންމެ ފަހުގެ ފޮޓޯއެވެ. އެއީ ގާތްގަނޑަކަށް 2،500 އަލި އަހަރު ދުރެވެ.

ސައިންސްވެރިންނަށް މެދުގައި ދެ ތަރި ހުރިކަން ކުރިން އެނގުނު ނަމަވެސް މީގެ ކުރިން ނެގި ފޮޓޯތަކުން އެތަރިތައް ނުފެނެއެވެ. ނަމަވެސް މިފަހަރު ނެގި ފޮޓޯއިން ވަރަށް ސާފުކޮން ދެތަރި ފެނެއެވެ. ޖޭޑަބްލިޔުއެސްޓީގެ އާ ފޮޓޯއިން ފެންނަނީ މަރުވަމުންދާ ތަރި، އޭގެ ވަށައިގެން ރަތްކުލައިން ދިއްލިފައިވާތަނެވެ.
މި މަންޒަރުގެ މެދުގައިވާ ނިވި ދިއްލޭ ދެ ތަރި އެތައް ހާސް އަހަރެއް ވަންދެން ހުރިހާ ދިމާލަކަށް ގޭހާއި ދުން ބޮޅުތައް ފޮނުވަމުން އަންނައިރު، މި ތަރިވަނީ ޑަސްޓުން ފޮރުވިފައެވެ. ޖޭޑަބްލިޔުއެސްޓީ އިން މަރުވަމުންދާ ތަރިތަކުން ބޭރުކުރާ ގޭހާއި ދުންތަކުގެ ވިލާގަނޑުގައި ގޭހާއި ދުންގަނޑުގައި ހުންނަނީ ކޮން މޮލިކިއުލްތަކެއްކަން ދެނެގަނެ، އެ މޮލިކިއުލްތައް ހުންނަނީ ކޮންތަނެއްގައިކަން ދެނެގަނެވޭނެ އެވެ.

މިފޮޓޯ އަކީ ނިއަރ އިންފްރާރެޑް ބޭނުންކޮށްގެން ނަގާފައިވާ ފޮޓޯއެކެވެ. މި ފޮޓޯއިން ފެންނަނީ ނެބިއުލާގެ އޮނިގަނޑެވެ. މެދުގައިވާ ކަޅު ބުރަކީ ހޫނު، އަޔަނައިޒްޑް ގޭހެކެވެ. އެ ގޭހަކީ މަރުވަމުންދާ ތަރީގެ ބާކީ ހުރި ކޯރ އިން ސުޕަރހީޓް ވެފައިވާ ގޭހެކެވެ. ފޯމީ އޮރެންޖް ކުލައިން ބޭރު ސަރަހައްދު ފެންނަނީ އަލަށް އުފެދޭ ހައިޑްރޯޖަންގެ ސަބަބުންނެވެ. އެތެރޭގެ ބުރުގައި ހުންނަ ލޯވަޅުތަކުގެ ތެރެއިން ތަރިތަކުގެ އަލިއެޅިފައި ހުރެއެވެ.
ސްޓެފަންސް ކުއިންޓެޓް
މިފޮޓޯ އިން ފެންނަނީ ފަސް ގެލެކްސީ އެވެ. އެއީ ދުނިޔެއާ 290 މިލިއަން އަލި އަހަރު ދުރުގައި އޮންނަ ގެލެކްސީ ތަކުގެ ތެރެއިން ހަތަރު ގެލެކްސީއަކީ ދަމާ ބާރުގެ ސަބަބުން މަޑުމަޑުން ދަތުރު ކުރަމުންދާ ގެލަކްސީ ތަކެކެވެ. ފަސްވަނަ ގެލެކްސީއަކީ ދުނިޔެއާ ގާތްގަނޑަކަށް 40 މިލިއަން އަލި އަހަރު ދުރުގައި އޮންނަ ގެލެކްސީއެކެވެ.

މިޓޯގަނޑުގައި 150 މިލިއަނަށް ވުރެ ގިނަ ޕިކްސެލް ހިމެނެއެވެ. މިއީ ގާތްގަނޑަކަށް 1000 ވަކިވަކި އިމޭޖް ފައިލްތަކުން އުފައްދާފައިވާ ފޮޓޯ އެކެވެ.
ވިދާ ތަރިތަކުން ފަށަލަ ޖަހާފައިވާ ފަރުބަދަތަކާއި ވާދީތަކެއް ސިފަވާ މި މަންޒަރަކީ ހަގީގަތުގައި ކެރީނާ ނެބިއުލާގައިވާ އެންޖީސީ 3324 ކިޔާ ތަނެކެވެ. މިއީ ތަރި އުފެދޭ ސަރަހައްދެއްކަމަށް ނާސާއިން ބުނެއެވެ. ނާސާގެ އާ ޖޭމްސް ވެބް ސްޕޭސް ޓެލެސްކޯޕުން އިންފްރާރެޑް އަލިން ނަގާފައިވާ މި ފޮޓޯއިން ފުރަތަމަ ފަހަރަށް ތަރިތައް އުފަންވާ ކުރިން ނުފެންނަ ސަރަހައްދުތައް ހާމަވެގެންދެއެވެ.

އެއީ އެންޖީސީ 3324 ގެ ތެރޭގައި ހުންނަ ޖަޔަންޓް، ގޭސް ކެވިޓީގެ އަރިމަތި ކަމަށާއި، މި ތަސްވީރުގައިވާ އެންމެ އުސް “ޕީކް” ތަކަކީ ގާތްގަނޑަކަށް 7 އަލި އަހަރު އުސްމިނުގައި ހުންނަ ތަންތަން ކަމަށް ނާސާއިން ބުނެއެވެ.
ފަލަކީ އިލްމުވެރިންނަށް މި ފަދަ ޕްލެނެޓަރީ ނެބިއުލާތަކާ ބެހޭ އިތުރު އެތައް ކަމެއް ހޯދުމުގެ ފުރުސަތު ނާސާގެ ޖޭމްސް ވެބް ސްޕޭސް ޓެލެސްކޯޕުން ލިބިގެން ދާނެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!