ކ. މާފުށީ ބޭރުން ދޯންނެއްގެ ބައެއް އޮޔާދާތީ ސަމާލުވުމަށް މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އިލްތިމާސް ކޮށްފިއެވެ.
އެމްއެންޑީއެފުން ބުނީ، ކ. މާފުށީ ބޭރުން 2 ނޯޓިކަލް މޭލު އިރުން، ދޯންޏެއްގެ ބައެއް އޮޔާދާކަމުގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓް ގާޑަށް ލިބިފައިވާ ކަމަށެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ ދޯނީގެ ބައެއް އޮޔާދަނީ މާފުށީގެ އިރުމައްޗަށް ވާގޮތަށެވެ.
އެ ސަރަަހައްދުން ދަތުރުކުރާ އޮޑިދޯނިފަހަރާ އެހެނިހެން އުޅަނދުތައް އެކަމަށް ސަމާލުކަން ދިނުމަށާއި، ރޭގަނޑު އެ ސަރަހައްދުން ދަތުރު ކުރައްވާ ފަރާތްތަކުން ވަކީން ހާއްސަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސް ކޮށްފައެވެ.

އެމްއެންޑީއެފް އިން އާންމުކޮށްފައިވާ ފޮޓޯތަކަށް ބަލާއިރު އެއީ ރަތްކުލައިގެ ދޯންޏެކެވެ.
މީގެއިތުރުން މި ދުވަސްވަރަކީ ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މޫސުން ގޯސް ދުވަސްވަރެއް ކަމުން، ކަނޑު ދަތުރުކުރާ އުޅަނދު ފަހަރުން މޫސުމަށް ސަމާލުވުމަށް ދިވެހި ރާއްޖޭގެ ޤައުމީ ދިފާޢީ ބާރުން އިލްތިމާސް ކޮށްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!