މާލެއިން ގެއްލިގެން މިއަދު ހޯދަމުން ދިޔަ 17 އަހަރުގެ އަންހެން ކުއްޖާ ފެނިއްޖެއެވެ.
ފުލުހުންގެ ޚިދުމަތުން ވަނީ އެކުއްޖާ މިހާރު ފެނިފައިވާ ކަމަށް ވިދާޅުވެފައެވެ.
އެކުއްޖާ ފެނުނުއިރު ކުއްޖާގެ ހާލު ރަނގަޅު ކަމަށް ވެސް އެ ޚިދުމަތުން ވަނީ ވިދާޅުވެފައެވެ.
“މައްސަލައާއި ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން” ފުލުހުން ވިދާޅުވެފައިވެއެވެ.
އެކުއްޖާ ގެއްލިގެން ކުއްޖާގެ ޢާއިލާއިން ފުލުހުންނަށް ރިޕޯޓު ކޮށްފައި ވަނީ މި މަހުގެ 10 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!