ޖަރުމަނުވިލާތުގެ މަޝްހޫރު މެގަޒިން ކޮނޮސުއަރ ސާކަލްއާއި ގުޅިގެން މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ / ވިޒިޓް މޯލްޑިވްސް) އިން އިޝްތިހާރުކުރުމުގެ ކެމްޕެއިނެށް ފަށައިފިއެވެ.

ކޮނޮސުއަރ ސާކަލް އަކީ ލަގްޒަރީ ހޮޓެލްތަކާއި ޑެސްޓިނޭޝަންތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތާއި ކޮންޓެެންޓް ހިމަނައިގެން ޖަރުމަނުވިލާތާއި އޮސްޓްރިޔާ އަދި ސްވިޒަލޭންޑްގެ މަތީ ފަންތީގެެ ފަތުރުވެރިންނަށް އަމާޒުކޮށް ޝާއިޢުކުރާ މެގަޒިނެކެވެ.

Ad
rt

ހަމަސް ދުވަހުގެ މި ކެމްޕެއިން ކުރިއަށްދާނީ މި އަހަރު ޖުލައި މަހުން އަންނަ އަހަރުގެ ޖަނަވަރީ މަހުގެ ނިޔަލަށެވެ. އެމްއެމްޕީއާރުސީގެ އަމާޒަކީ މަތީފަންތީގެ ފަތުރުވެރިންނަށް އަމާޒުކޮށް ދިވެހިރާއްޖޭގެ ރީތިނަން މި މާކެޓުގައި ދަމަހައްޓައި ރާއްޖޭ މަގުބޫލުކަން އިތުރުކޮށް ޖަރުމަނު ބަހުން ރާއްޖެއާ ބެހޭ ކޮންޓެންޓް ޝާއިޢުކުރުމެވެ.

މި ކެމްޕެއިންގައި ދިވެހިރާއްޖެ އަކީ އެންމެ ރައްކާތެރި އަދި އެންމެ މަގުބޫލު މަންޒިލްގެ ގޮތުގައި އޮންލައިން އަދި އޮފްލައިން އެކި ޕްލެޓްފޯމުތަކުގައި އިޝްތިހާރުކުރާނެއެވެ. ހަ މަސް ދުވަހަށް ބަހާލައިގެން ކުރިއަށްދާ މި ކެމްޕެއިންގައި ކޮނޮސުއަރ ސާކަލް ޕްރިންޓް މެގަޒިންގައި އެޑްވަރޓޯރިއަލް، އީ-މެގަޒިންގައި އެޑިޓޯރިއަލް، ސޯޝަލް މީޑިއާގައި ވީޑިއޯ އާއި ޕޯސްޓް، ވެބްސައިޓުގައި ބެނަރ ޑިސްޕްލޭ އަދި ނިއުސްލެޓަރ ތަކުގައި ދިވެހިރާއްޖެ އިޝްތިހާރުކުރާނެއެވެ.

މި ކޮންޓެންޓްތަކުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ޕްްރޮޑަކްޓްތަކާއި ހާއްސަ ތަޖުރިބާތަކަށް އަލިއަޅުވާލާނެއެވެ. އަދި ޖަރުމަނުވިލާތުގެ މާކެޓަށް ކަނޑައަޅާފައިވާ ސްޓްރެޓެޖީގެ ދަށުން ނޭޗަރ އެކްޓިވިޓީތަކަށް ފޯކަސް ކުރެވޭނެއެވެ.

މުޅި ކެމްޕޭންގައި 30,000 ކޮންސިއުމަރުންނަށް ނިއުސްލެޓާ ފޮނުވާނެއެވެ. އަދި މަހަކު 21,000 މީހުން ވެބްސައިޓަށް ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެއެވެ. މީގެ އިތުރުން، 14,000 ފޭސްބުކް ފޮލޮވަރުންނާއި 29,500 އިންސްޓަގްރާމް ފޮލޮވަރުންނަށްވެސް ކޮނޮސުއަރ ސާކަލްއިން ޝާއިޢުކުރާ ދިވެހިރާއްޖޭގެ ކޮންޓެންޓް ފޯރާނެއެވެ.

ޖަރުމަނުވިލާތުގައި ޕްރިންޓް މެގަޒިންގެ 47,000 ކޮޕީ އަދި އޮސްޓްރިޔާގައި 25,000 ކޮޕީ ޑިސްޓްރިބިއުޓްކުރާނެއެވެ. އަދި ސްވިޒަލޭންޑްގައި 9,000 ކޮޕީ ޑިސްޓްރިބިއުޓްކުރާނެއެވެ. އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ކޮނޮސުއަރ ސާކަލްއާއެކު މި ކެމްޕެއިން ކުރިއަށްގެންދިޔުމަކީ ޖަރުމަނުވިލާތުގެ މަތީފަންތީގެ ފަތުރުވެރިންގެ ތެރޭގައި ދިވެހިރާއްޖޭގެ ބްރޭންޑް ހަރުދަނާވެގެންދާނެ ކެންޕޭނެކެވެ.

މި އަހަރު ޖޫން 29 ގެ ނިޔަލަށް ޖުމްލަ 809,603 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު ގެ އޭގެ ތެރެއިން 67,608 ފަތުރުވެރިންނަކީ ޖަރުމަނުވިލާގެ ފަތުރުވެރިންނެވެ. މިއަހަރު މި މާކެޓުގައި ކުރިއަށްދިޔަ ބޮޑެތި ފެއަރތަކުގައި އެމްއެމްޕީއާރުސީއިން ވަނީ ބައިވެރިވެފައެވެ. އައިމެކްސް 2022, އައިއެމްއެމް ޖާމަނީ, އަދި އައިޓީބީ ޑިޖިޓަލް ބިޒްނަސް ޑޭ ފަދަ ބޮޑެތި ފެއަރތައް މީގެތެރޭގައި ހިމެނެއެވެ.

މީގެ އިތުރުން، ޓީޔޫއައި އޮސްޓްރިޔާ, ޓީއޫއައި ޖާމަނީ, ކޮންޑޯ އަދި އެފްޓީއައި ފަދަ ބޮޑެތި ކުންފުނިތަކާ ގުޅިގެން ރާއްޖެ އިޝްތިހާރުކުރުމުގެ ކެމްޕެއިންތައްވެސް ވަނީ ކުރިއަށްގެންގޮސްފައެވެ. މި އަހަރު ކުރިއަށް ރާވާފައިވާ ހަރަކާތްތަކުގެ ތެރޭގައި މީޑިޔާ އަދި އިންފްލުއެންސަރ ފެމިލިއަރައިޒޭޝަން ދަތުރުތަކާއި ސޯސަލް މީޑިޔާ ކެމްޕެއިންތަކާއި ތަމްރީންކުރުމުގެ ޕްރޮގްރާމްތައް, އަދި ޖަރުމަނުވިލާތުގައި ރޯޑްޝޯއެއް ބޭއްވުން ހިމެނެއެވެ.