މިއަހަރުގެ އަޟްހާ އީދު ދުވަހު ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ހއ. އަދި ހދ. ގެ ތާވަކު އާއްމު ކޮށްފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ނެރުނު ތާވަލުގައިވާ ގޮތުން މިހާރު ދަތުރު ކުރަމުން އަންނަ ހުރިހާ ރޫޓަކަށް އީދު ދުވަހުވެސް ދަތުރު ކުރާނެއެވެ.

Ad
rt

އެގޮތުން ހއ. އަތޮޅުގެ އަށް ރޫޓަކަށް ދަތުރުތައް އޮންނައިރު ހދ. ގެ ފަސް ރޫޓެއްގައި ދަތުރުތައް އޮންނާނެއެވެ.

އެމްޓީސީސީން އާރުޓީއެލްގެ ދަށުން މިހާތަނަށް ފެރީގެ ހިދުމަތް ފަށާފައިވަނީ ހއ. އަދި ހދ. އަތޮޅުގައެވެ. މިހާރު ކުރިއަށްދަނީ ށ. ގެ ދަތުރުތައް ފެށުމުގެ މަސައްކަތެވެެ.

އާރުޓީއެލްގެ ދަށުން ދަތުރު ކުރާ ލޯންޗުތަކަކީ ކަސްޓަމަރުންނަށް ފަސޭހަ ލޯންޗުަތަކެވެ. މި ލޯންޗުތަކުގައި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވެސް ފަސޭހަ ކަމާއެކު ދަތުރުކުރެއެވެ.

އާރުޓީއެލްގެ ލޯންޗުތަކުގައި ކުޑަކުދިންނާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހިލޭ ދަތުރު ކުރެވެއެވެ. އަދި އެހެން ފަރާތްތަކަށްވެސް އާއްމުކޮށް ކުރާ ދަތުރުތަކަށްވުރެ އަގުހެޔޮކޮށް ދަތުރުކުރެވޭނެއެވެ.