ވިޔަފާރިއެއް ފަށަން އެންމެ ފަސޭހައީ ނިއުޒިލޭންޑް ގައި

26293007-4C78-4BE7-8A04-4B244B77CA70

ޒުވާން ވިޔަފާރިވެރިން ގިނަ މިޒަމާނުގައި އަލަށް ވިޔަފާރިއެއް ފަށަން ބޭނުންވާ ފަރާތްތަކުން ވަރަށް ގިނަ ކަންކަމާއި ވިސްނާނެއެވެ. ހާއްސަކޮށް ފަށާނެ ވިޔަފާރިއަކާއި ވިޔަފާރި ހިންގާނީ ކޮންތާކުތޯ ވަރަށް ބޮޑަށް ވިސްނަން ޖެހޭނެއެވެ. އެންމެ އަވަހަށް، އެންމެ ފަސޭހައިން ވިޔަފާރި ފެށޭނީ ކޮންތާކުތޯވެސް ވިސްނަން ޖެހެއެވެ.

ނިއުޒިލޭންޑަކީ އެންމެ ފަސޭހައިން ވިޔަފާރިއެއް ފެށޭނެ ގައުމެވެ. ނިއުޒިލޭންޑުގައި ވިޔަފާރިއެއް ފެށުމަށް ކުރަންޖެހޭ ކަންތައްތައް ކުރުމަށް ބޭނުންވަނީ ދުވާލެއްގެ މަދު ގަޑިއިރުކޮޅެކެވެ. ވޯލްޑް ބޭންކުން މިއަހަރު ހާމަކުރައްވާފައިވާގޮތުން ދުނިޔޭގައި އެންމެ ފަސޭހައިން ވިޔަފާރިއެއް ފެށޭނީ ނިއުޒިލޭންޑުގައެވެ.

ޓެކްނޮލަޖީގެ ގޮތުން ކުރިއަރާފައިވާ މިޒަމާނުގައި އެންމެ ވެބް ޕޭޖަކުން ނިއުޒިލެންޑުގައި ވިޔަފާރިއެއް ފަށަން ބޭނުންވާ ހުރިހާ ކަމެއް ކޮށްލެވެއެވެ. އެގޮތުން ބްޒްނަސް ޕްލޭން ހެދުމާއި ވިޔަފާރިއަށް ކިޔަން ބޭނުންވާ ނަމަކީ އެހެން މީހަކު ނުވަތަ ކުންފުންޏަކުން ރެޖިސްޓްރީ ކޮށްފައިވާ ނަމެއްތޯ ބަލައި އެނަމުގައި ވިޔަފާރީގެ ވެބް ޑޮމެއިން ލިބޭތޯއާއި ސޯޝަލް މީޑިއާގައި ބޭނުންކުރަން ލިބޭތޯ ޗެކުކޮށް އެއްވެސް ފަރާތަކުން ބޭނުން ނުކުރާ ނަމެއްނަމަ ވިޔަފާރީގެ ނަމާއި ޓްރޭޑް މާކް ރެޖިސްޓްރީ ކުރެވޭނެ ކަން އިނގޭނއެވެ. އަދި ވިޔަފާރީގެ ނަމާއި ޓްރޭޑް މާކް ރެޖިސްޓްރީ ކުރަން ހުށައެޅޭނެއެވެ. އަދި ވިޔަފާރި ކުރިއަށް ގެންދާނެގޮތް ނިންމުމަށް އެހީތެރިވެދޭއިރު "ރިއަލް މީ" އެކައުންޓުން ލޮގިން ވެގެން ސަރުކާރުގެ އިދާރާތަކުން ފުރިހަމަ ކުރަންޖެހޭ ކަންތައްތައް ކޮށް ލެވޭނެއެވެ. "ރިއަލް މީ" އަކީ ނިއުޒިލޭންޑް ސަރުކާރުން ދެމުންދާ ޙިދުމަތްތަކަށް ހުށައެޅުމަށް ބޭނުންކުރާ ވެބް ސައިޓް އެކެވެ. އަދި ނިއުޒިލޭންޑް ސަރުކާރަށް ދައްކަންޖެހޭ ފީ ތައް އޮންލައިންކޮށް "ރިއަލް މީ" މެދުވެރިކޮށް ދައްކާލެވޭނެއެވެ.

ނިއުޒިލޭންޑުގެ ހުރިހާ ވިޔަފާރި އަކަށްވެސް ތަފާތު ނަންބަރެއް ދީފައި ހުރެއެވެ. މިއަށް ކިޔަނީ "ނިއުޒިލޭންޑް ބިޒްނަސް ނަންބަރު" (އެންޒެޑްބީއެން) އެވެ. އެންޒެޑްބީއެން އަށް ވެސް މި ވެބް ޕޭޖް މެދުވެރިކޮށް ހުށައެޅޭނެއެވެ. އަދި ވިޔަފާރީގެ ހުރިހާ ޤާނޫނުތަކާއި ޤަވާއިދުތައް ބަލައިލުމުގެ އިތުރަށް ޖީއެސްޓީ އަށްވެސް މި ވެބް ޕޭޖު މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެއެވެ.

5 މިލިއަނެއްހާ މީހުން ދިރިއުޅޭ ނިއުޒިލޭންޑުގައި 612000 (ހަލައްކަ ބާރަ ހާސް) ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވެއެވެ. ވިޔަފާރިއެއް ފެށުމަށް ފަސޭހަ ޤައުމުގެ ގޮތުގައި ނިއުޒިލޭންޑު ހިމެނޭއިރު ރާއްޖޭގައި ވިޔަފާރިއެއް ފަށައި ހިންގުމުގައި މިދިޔަ އެއް އަހަރުދުވަހުގެ ތެރޭގައި އިތުރަށް އެއްވެސް ވަރަކަށް ފަސޭހަ ވެފައި ނުވާ ކަމަށް ވޯލްޑް ބޭންކުގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *